ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

ޑިރެކްޓަރ

އީ.އެކްސް 1

މަޤާމު:

ރޭންކް:

ޑިރެކްޓަރ

ކްލެސިފިކޭޝަން

ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ

-

އޮފީސް / އިދާރާ

ސެކްޝަން

ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ / ޅ. ކުރެންދޫ

8,835.00 ރުފިޔާ

ވަޒީފާއަދާކުރަން ޖެހޭ ތަން:

މުސާރަ:

2,000.00 ރުފިޔާ

ސަރވިސް އެލެވަންސް:

1 (އެކެއް)

 

ބޭނުންވާ އަދަދު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  5. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

 

  1. ޒިންމާދާރު ވެރިޔާގެ ގޮތުގައި އިދާރާގެ އެންމެހައި ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިސްވެ ބެލެހެއްޓުން.
  2. ކައުންސިލްގެ އިދާރާގެ ސިވިލްސަރވިސްގެ އެންމެ އިސް މުވައްޒަފުގެ ހައިސިއްޔަތުން ކައުންސިލްގެ އިދާރާގެ އެންމެހައި ކަންކަމާއި ގުޅޭގޮތުން ދިރާސާކޮށް ކައުންސިލަށް އަރުވަންޖެހޭ ލަފާ އެރުވުން.
  3. ކައުންސިލްގެ އިދާރާގެ މެންޑޭޓާއި ސަރުކާރުގެ ސިޔާސަތުތަކަށް ރިޢާޔަތްކޮށް ސްޓްރެޓީޖްކް އެކްޝަން ޕްލޭނާއި، ކައުންސިލްގެ އިދާރާއިން ހިންގުމަށް ރާވާ ޕްރޮޖެކްޓްތައް އެކުލަވައިލުން.
  4. ކައުންސިލްގެ އިދާރާގެ އިންޓަރނަލް ޕްރޮސީޖަރތަކާއި ޚިދުމަތް ދިނުމަށް އެކަށައަޅަންޖެހޭ ޕްރޮސީޖަރތަކާއި ގަވާއިދުތައް އެކުލަވައިލުން.
  5. ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ދިވެހި ސިވިލްސަރވިސްގެ ގަވާއިދުތަކާއި ޢަމަލުކުރަންޖެހޭ އެހެނިހެން އުސޫލުތައް އަންގައިދީ އެ ޤަވާއިދުތަކާއި ސިވިލްސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް މަސައްކަތް ރާވާ މުވައްޒަފުންލައްވާ މަސައްކަތް ކުރުވުމާއި، މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުން.
  6. ކައުންސިލްގެ އިދާރާގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި ތަމްރީނުކުރުމާއި މުވައްޒަފުންގެ ކަންކަން ހިންގައި ބެލެހެއްޓުން.
  7. ކައުންސިލްގެ އިދާރާއަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ހޯދުމާއި އެތަކެތި ބެލެހެއްޓުން.
  8. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު ތަންފީޛުކުރުން.
  9. ދޭދޭ ފަރާތުގެ ދެބަސްވުން ޞުލްހަކުރުމަށް ޤާނޫނީ ކޮންސަލްޓެންސީ ދިނުން.
  10. އޮފީހަށް ހުށަހެޅޭ މައްސަލަތައް ތަޙްޤީޤްކޮށް އަދި ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުން.
  11. އިދާރާ ހުޅުވާ ލެއްޕުމާއި ހުޅުވާ ލެއްޕުމުގެ ކަންތައް އިންތިޒާމުކޮށް ބެލެހެއްޓުން.
  12. އިދާރާ ހިންގަވާ ބޭޅަކު ނެތް ހިނދެއްގައި އިދާރާގެ ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުން.
  13. ނުރަސްމީގަޑީގައި މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުން އަދި މުވައްޒަފުން އަމިއްލަ ބޭނުމުގައި ބޭރަށްދުރުވުމުގެ ހުއްދަ ދިނުމާއި، ހުސްވަގުތުކޮޅު ބޭރަށް ދުރުވުމުގެ ކަންތައްތައް ބެލެހެއްޓުން.
  14. މުވައްޒަފުންގެ ޗުއްޓީ އާއި މުވައްޒަފުންގެ ރިކޯޑް ފައިލާއި މުވައްޒަފުންނާބެހޭ އެންމެހައި ރިކޯޑްތައް ބެލެހެއްޓުވުން.
  15. މުވައްޒަފުންގެ ޗުއްޓީގެ ކަންތައްތައް ހަމަޖެއްސުން، ޗުއްޓީދޭ މުވައްޒަފުންނާއި ޗުއްޓީ ނިންމައި މަސައްކަތަށް ނުކުންނަ މުވައްޒަފުންގެ ބަދަލު އިންތިޒާމު ހަމަޖެއްސުން.
  16. މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމް ހިންގައި ބެލެހެއްޓުމާއި، މުވައްޒަފުންނަށް ކުރިއެރުން ދިނުމާއިބެހޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައްކުރުން.
  17. ކައުންސިލްގެ ޖަލްސާތައް އިންތިޒާމުކުރުމާއި ކައުންސިލުން ނިންމާ ކަންތައްތައް ތަންފީޛުކުރުމަށް ޔުނިޓުތަކާއި ޙަވާލުކުރުމާއި ކައުންސިލްގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުވުން.
  18. ނީލަމުގައި ވިއްކާލަންޖެހޭ ތަކެތީގެ ކަންތައްތައް ބެލެހެއްޓުވުން.
  19. ކަނޑުން ލަނގުވާ ތަކެއްޗާއި ހޮވައިގެން ގެންނަ ތަކެއްޗާބެހޭ ކަންތައްތައް ބެލެހެއްޓުން.
  20. އިދާރާގެ ބެލުމުގެދަށުގައި ހުންނަ ރައްޔިތުންގެ ފަޅުރަށްރަށާބެހޭ ކަންތައްތަކާއި މިނޫންވެސް ފަޅުރަށްރަށާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުވުން.
  21. މުވައްޒަފުންނާ މަސައްކަތް ޙަވާލުކުރުމާއި ޔުނިޓްތަކުގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެލެހެއްޓުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

  •  ލިބިފައިވާ ތައުލީމާއި ތަމްރީނު
  •  ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  •  ލިބިފައިވާ ހުނަރު
  •  އިމްތިހާން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނު، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2015 ޖަނަވަރީ 21 އާ 2015 ފެބްރުވަރީ 3 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަން (ވެލާނާގޭ 12 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

އިންޓަރވިއު،  އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

2015 ޖަނަވަރީ 14 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް  ބަލައި ގަނެވޭނެ އެވެ. (އީމެއިލް:[email protected]  / ފެކްސް ނަންބަރު:3303648)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

އުޖޫރައާއި ޢިނާޔަތްތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ހުށަހަޅަންޖެހޭ ލިޔުންތައް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307336 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

9 ރަބީޢުލްއައްވަލް 1436

31 ޑިސެންބަރު 2014
ހޯދާ