މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

ފާމަސޫޓިކަލް އޮފިސަރ   

ބޭނުންވާ އަދަދު

04

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ސްޕެޝަލްޑިއުޓީ އެލަވަންސް

މުސާރާގެ %35

މަޤާމު އޮތްތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މަސައްކަތް ކުރަންޖެހޭ ތަން

މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް / ޕޯރޓް ކޮންޓްރޯލް ޔުނިޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ރާއްޖެ އެތެރެކުރެވޭ ބޭހާއި ވެކްސިން އަދި ބަޔޮލޮޖިކަލްސް އެތެރެވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބޭހާއި ބެހޭގޮތުން ހެދިފައިވާ ގަވާއިދާ ޕްރޮސީޖަރތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެ ހުންނަންޖެހޭ ގަވާއިދާ އެއްގޮތަށްތޯ ބަލައި، އިންސްޕެކްޓުކޮށް ރަނގަޅުނަމަ ކްލިއަރެންސް ދިނުމުގެ މަސައްކަތްކުރުމާއި، ފެއިލްވެފައިވާ ބޭހާއި ވެކްސިން އަދި ބަޔޮލޮޖިކަލްސް ރިޖެކްޓްކޮށް ގަވާއިދާ އެއްގޮތަށް އަމަލުކުރުން.
  2. ރާއްޖެ އެތެރެކުރެވޭ ބޭހާއި، ފާމަސޫޓިކަލް އައިޓަމްސް އަދި ޕްރިކާރސަރ އައިޓަމްސްގެ މަޢުލޫމާތު ޑޭޓާ އެނަޓްރީގައި އެންޓަރކޮށް، ޑޮކިއުމަންޓުތައް ފައިލްކޮށް ބެލެހެއްޓުން.
  3. ރާއްޖެއަށް އެތެރެވާ އަދި ރާއްޖޭގެ ފާމަސީތަކުގައި ހުންނަ ފާމަސޫޓިކަލް އައިޓަމްސްގެ ކޮލިޓީ މޮނީޓަރ ކުރުމަށް ބޭނުންވާ ބޭހުގެ ސާންޕަލް ނަގައި ލެބޯޓްރީއަށް ފޮނުވުން.

ތަޢުލީމާއި ތަޖުރިބާ

  1. ފާމަސީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  2. ފާމަސީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމު

ފާމަސޫޓިކަލް އޮފިސަރ  

ބޭނުންވާ ޢަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ސްޕެޝަލްޑިއުޓީ އެލަވަންސް

މުސާރާގެ %35

މަޤާމު އޮތްތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މަސައްކަތް ކުރަންޖެހޭ ތަން

މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް / މެޑިސިން ޔުނިޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މާލެ އާއި ރާއްޖޭގައި ހިންގާ ފާރމަސީ ތަކުގެ އިންސްޕެކްޝަންތައް ރާވައި، ހިންގައި ރިކޯރޑްސް ބެލެހެއްޓުން އަދި އަޅަންޖެހޭ ފިޔަވަޅުތައް ވެރިންގެ ލަފާގެ މަތިން އެޅުން.
  2. ފާމަސީ ރެޖިސްޓްރީ ކުރަން ހުށަހަޅާ ފަރާތްތަކުގެ ޑޮކިއުމަންޓްސް ބަލައި ޗެކުކުރުމަށްފަހު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާ ފޮލޯއަޕް ހެދުމާއި ރެކޯޑްސް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  1. ފާމަސީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  2. ފާމަސީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމު

ސީނިޔަރ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ  

ބޭނުންވާ ޢަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: MS 2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ސްޕެޝަލްޑިއުޓީ އެލަވަންސް

މުސާރާގެ %35

މަޤާމު އޮތްތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މަސައްކަތް ކުރަންޖެހޭ ތަން

މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް / ޓޮބޭކޯ ޔުނިޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މެޑިކަލް ޑިވައިސަސް އާއި މެޑިކަލް ގޭސް ރެގިއުލޭޓް ކުރުމުގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  2. ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި އުފައްދާ ދިވެހި ބޭސް / އޯލްޓަރނޭޓިވް މެޑިސިން ރެގިއުލޭޓްކުރުމުގެ މަސައްކަތްތައް ސުޕަވައިޒްކޮށް ހިންގައި ބެލެހެއްޓުން.
  3. ރާއްޖެއަށް އެތެރެކުރާ ކެމިކަލްސް އަށް ހުއްދަ ދިނުމުގެ މަސައްކަތްތައް ސުޕަވައިޒްކޮށް ހިންގައި ބެލެހެއްޓުން.
  4. ދުންފަތާއި ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމަށާއި، އެކްސްޕޯޓް ކުރުމަށާއި، އަދި ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ މުއާމަލާތް ކުރުމުގެ ހުއްދަ ދިނުމުގެ މަސައްކަތް ސުޕަވައިޒްކޮށް ހިންގައި ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  1. ސައިންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  2. ސައިންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ  

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS 1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ސްޕެޝަލްޑިއުޓީ އެލަވަންސް

މުސާރާގެ %35

މަޤާމު އޮތްތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މަސައްކަތް ކުރަންޖެހޭ ތަން

މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް / ޓޮބޭކޯ ޔުނިޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ދުންފަތާއި ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ ފަރާތްތަކާއި ވިއްކާ ފަރާތްތަކަށް ދޫކުރަންޖެހޭ ލައިސަންސްތައް ގަވާއިދާ އެއްގޮތަށް ދޫކުރުން.
  2. ރޮޓޭޝަން އުޞޫލުން ނުވަތަ ބެކަޕް ޑިއުޓީއަށް ފާމަސޫޓިކަލް ޕޯރޓް ޔުނިޓުގައި ބޭސް ކްލިއަރ ކުރުމުގެ މަސައްކަތް ކުރުން.
  3. ރާއްޖެއިން އެކްސްޕޯޓް ކުރެވޭ މަހާއި މަހުގެ ބާވްތަތަކުގެ ފެކްޓްރީތަކުގެ އޯޑިޓްގައި އެހީތެރިވެ ދިނުން.

ތަޢުލީމާއި ތަޖުރިބާ

  1. ސައިންސް / ޞިއްޙީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  2. ސައިންސް / ޞިއްޙީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. )
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

11 ޖަނަވަރީ 2015 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު އަށް

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ ގައި)

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014400 އެވެ.

24 ޑިސެންބަރު 2014
ހޯދާ