ދިވެހިބަހުގެ އެކަޑަމީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ދިވެހިބަހުގެ އެކެޑަމީގެ ނަންބަރު:25/(IUL)430-DBA-I/1/2014 އިޢުލާނާ ގުޅޭގޮތުން ދަންނަވަމެވެ. އެ އިޢުލާނުގައިވާ އެސިސްޓެންޓް ޑިރެކްޓަރުންގެ 2 މަޤާމަށް ކުރިމަތިލާފައިވާ ޝަރުތު ފުރިހަމަވެފައިވާ ފަރާތްތައް މަދުކަމާއެކު، އަލުން މި 2 މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލައި، އެކަން އިއުލާނުކުރީމެވެ. އެހެންކަމުން، މި މަޤާމުތަކަށް ކުރިމަތިލާން ބޭނުން ފަރާތްތަކުން މިކަމަށްއެދި ހުށަހެޅުން އެދެމެވެ.  

މަޤާމު ނަން:

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

1

ރޭންކު:

އެމް. އެސް. 3

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

މަޤާމުގެ ގިންތި:

ދާއިމީ

މަސައްކަތް ކުރަންޖެހޭ ސެކްޝަން:

ތާރީޚާބެހޭ ބައި

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިބަހުގެ އެކެޑަމީ، މާލެ

ޝަރުޠު

- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއެއްގައި   4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއެއްގައި   2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޔުނިޓުގެ މަސައްކަތްތައް ރާވައި މުވައްޒަފުން ލައްވާކުރުވުން.
  2. ދިވެހި ތާރީޚާބެހޭ ޞައްޙަ މަޢުލޫމާތު ޢާއްމުކުރަމުން ގެންދޭތޯ ބެލުން. 
  3. ދިވެހި ތާރީޚާބެހޭ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ރާވައި ފަރުމާކޮށް ހިންގުން.
  4. ތާރީޚީގޮތުން ރާއްޖޭގެ މުހިއްމު ޝަޚުޞިއްޔަތުތައް ހޯދައި އާންމުކުރަމުން ގެންދިޔުން.
  5. ތާރީޚް ކޮމެޓީ އެކުލަވައި ހިންގުން.
  6. ތާރީޚާ ބެހޭގޮތުން ބޭރު ބަސްބަހުން ލިޔެފައި ހުންނަ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާކުރުން.
  7. ދިވެހި ތާރީޚާއި ދިވެހި އަދަބިއްޔާތަށް ހޭލުންތެރިކުރުމުގެ ފޯރަމްތަކާއި މަސައްކަތު ބައްދަލުވުންތައް ރާވައި ހިންގުން.
  8. ދިވެހި ތާރީޚާއި ސަޤާފަތާގުޅޭ މައުނަވީ ތަރިކަ ޙިމާޔަތްކޮށް ރައްކައުތެރިކުރާނެ އިންތިޒާމު ހަމަޖައްސައި، އެކަންކަން  ހިންގުން.
  9. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

- ތަޢުލީމީގޮތުން އެން މެމަތީ މާކުސް ލިބިފައިވުމާއި، ކަމާ ގުޅޭގޮތުން ލިބިފައިވާ ތަޖުރިބާ، ބަސްދީގަތުން، ދިވެހި ތާރީޚާއި އަދަބިއްޔާތަށް ޝައުޤުވެރިކަންހުރި މިންވަރާއި އެކަންކަމުގެ ޤާބިލްކަން ހުރި މިންވަރު.

- މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޤާބިލްކަންހުރި މިންވަރު.

މަޤާމު ނަން:

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

1

ރޭންކް:

އެމް. އެސް. 3

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

މަޤާމުގެ ގިންތި:

ދާއިމީ

މަސައްކަތް ކުރަންޖެހޭ ސެކްޝަން:

ބަހާބެހޭ ބައި

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިބަހުގެ އެކެޑަމީ، މާލެ

ޝަރުޠު

- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއެއްގައި   4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއެއްގައި   2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ދިވެހިންގެ ޢާއްމު މުޢާމަލާތުތަކާއި އިދާރީ ހިންގުމާއި ވިޔަފާރިއާއި ތަޢުލީމާއި އެހެނިހެން ޢާއްމު މުޢާމަލާތްތަކުގައި ބޭނުންކުރާ ބަހަކީ ދިވެހިބަސްކަމުގައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
  2. ދިވެހިބަހުގެ ޤަވާއިދުން ބަސް ބޭނުންކުރުމުގެ ހަމަތަކުގެމަތީން ބަސްބޭނުންކުރުމަށް އާންމުކުރުން.
  3. ދިވެހިބަހުގެ ޤަވާއިދާއި ބަސް ބޭނުންކުރުމުގެ ހަމަތަކާއި އުޞޫލުތަކާ އެއްގޮތަށް ޚިޔާލުފާޅުކުރުމުގެ ފޯރަމްތައް ރޭވުން.
  4. އެކިއެކި މީޑިޔާގެ ފަރާތްތަކުން ބަސް ބޭނުންކުރަމުންދާ ގޮތާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ ގުޅިގެން  އެ ކަންކަން ރަނގަޅުކުރުވުން.
  5. ދިވެހިބަހުގެ މަޢުލޫމާތުތައް އާންމުކުރުމުގައި، ފަންނީ ކޮމިޓީން ނިންމާ ނިންމުން ތަންފީޒުކުރުން.
  6. ދިވެހިބަސް ބޭނުންކުރުމުގެ ހަމަތަކާއި އުސޫލުތައް އާންމުންނަށް އޮޅުން ފިލުވައިދިނުމުގެ ނިޒާމެއް ރާވައި ހިންގުން.
  7. ބަހާބެހޭ ބައިގެ ޔުނިޓުގެ ހުރިހާ ކަމެއް ރާވައި ބެލެހެއްޓުން.
  8. ބަހާބެހޭ ބައިގެ ޔުނިޓުގައި ދިމާވާ މައްސަލަތައް ޙައްލުކުރުން.
  9. ބަހާބެހޭ ސެމިނާރުތަކާއި ބައްދަލުވުންތައް ހިންގައި ބެލެހެއްޓުން.
  10. ދިވެހިބަހާއި އަދަބިއްޔާތާގުޅޭ މައުނަވީ ތަރިކަ ޙިމާޔަތްކޮށް ރައްކައުތެރިކުރާނެ އިންތިޒާމު ހަމަޖައްސައި، އެކަންކަން  ހިންގުން.
  11. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް:

- ތަޢުލީމީގޮތުން އެންމެމަތީ މާކުސް ލިބިފައިވުމާއި، ކަމާގުޅޭގޮތުން ލިބިފައިވާ ތަޖުރިބާ، ބަސްދީގަތުން، ދިވެހިބަހާއި އަދަބިއްޔާތަށް ޝައުޤުވެރިކަން ހުރި މިންވަރާއި އެކަންކަމުގެ ޤާބިލްކަން ހުރި މިންވަރު.

- މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޤާބިލްކަންހުރި މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް.
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ތަޢުލީމީ  ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައިފައިވާ އަސްލު)
  4. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްގެ އޮފީހެއްގެ ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ދިވެހިބަހުގެ އެކެޑަމީއަށް ބަދަލުވުމާމެދު  އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  5. ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރާ މުވައްޒަފެއްނަމަ، މަސައްކަތު ފެންވަރު ބަލާ ފޯމުގެ ނަތީޖާ.  (ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމް)
  6. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
  7. ވަޒިފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ސިޓީ ފޮނުވަންވީ ސުންގަޑި:

2015 ޖަނަވަރީމަހުގެ 4 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ 2.45

ސިޓީ ފޮނުވަންވީ ތަން:

ދިވެހިބަހުގެ އެކެޑަމީ، ހ. ސޯސަންގެ، މާލެ

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345299 ނުވަތަ 3345297 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު ހޮވުމަށް ބާއްވާ ބަސްދީގަތުން އޮންނާނީ،    މި އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ފަހުންނެވެ. ބަސްދީގަތުން އޮންނާނީ ދިވެހިބަހުގެ އެކެޑަމީ ގައެވެ.

3 ރަބީޢުލްއައްވަލް 1436   

25 ޑިސެންބަރު 2014
ހޯދާ