މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ތަކެތި ހޯދުމަށް

މިމިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކަށް ތިރީގައި މިދަންނަވާ ތަކެތި ހޯދުމަށް ބޭނުން ވެގެން ކުރި ނަންބަރު IUL)459-A/1/2014/1017)ފ(13 ނޮވެންބަރު 2014) އިޢުލާނަށް އަންދާސީހިސާބު ހުށަހަޅަން އެއްވެސް ފަރާތަކުން ވަޑައިގެންފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިކަމަށް އިޢުލާން ކުރަމެވެ.

- 14 އޮފީސް މޭޒު

- 18 ސްޓޮކް އަލަމާރި

- 21 އޮފީސް ގޮނޑި

- 66 ޕްލާސްޓިކް ގޮނޑި

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ޖަނަވަރީ 2015ގައި 14:00 އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 ޖަނަވަރީ 2015ގައި 14:00އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

03 ރަބީޢުލްއައްވަލް 1436

25 ޑިސެންބަރު 2014
ހޯދާ