އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 13:00 އަށް މިކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 6 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިމަސައްކަތް ކޮށްދެއްވާނެ އަގު ބަޔާންކޮށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ޕްރޮޕޯޒަލްތައް ކެނޑުން އޮންނާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި 06 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހުގެ 14:00 ގައި މިއިދާރާގައެވެ. މަތީގައި ދެންނެވިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގެންނެވި ބޭފުޅުންނަށް ލިޔުން ހަވާލުކޮށްފައި ބަދަލުގައި ބޭފުޅަކު ފޮނުއްވިދާނެއެވެ

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

25 ޑިސެންބަރު 2014
ހޯދާ