ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ގެޒެޓުކުރާ ޤާނޫނާއި، ގަވާއިދު ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

ގެޒެޓުކުރާ ޤާނޫނާއި، ގަވާއިދު ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުން

ގެޒެޓުކުރާ ޤާނޫނާއި، ގަވާއިދު ކުރިއަށް އޮތް 1 އަހަރު ދުވަހުގެ މުއްދަތަށް ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް، މިއޮފީހުން ކުރި ނަންބަރު (IUL)1-CSS(B)/1/2014/81 (14 ޑިސެންބަރު 2014 ) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 2014 ޑިސެންބަރު 28 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2014 ޑިސެންބަރު 31 ވާ ބުދަ ދުވަހުގެ 10:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

02 ރަބީޢުލްއައްވަލް 1436

24 ޑިސެންބަރު 2014
ހޯދާ