މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ހުސްވެފައިވާ ޓުއަރިސްޓް ރެޕްރެޒެންޓޭޓިވް ކައުންޓަރުތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ޓަރމިނަލް ސަރަޙައްދުގައި މިވަގުތު ހުސްވެފައިވާ ޓުއަރިސްޓް ރެޕްރެޒެންޓޭޓިވް ކައުންޓަރުތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ ޓުއަރިސްޓް ރެޕްރެޒެންޓޭޓިވް ކަަަައުންޓަރުތަކުގެ ތެރެއިން މިވަގުތަށް ހުސްކޮށްހުރި ކައުންޓަރުތައް ބީލަމުގެ އުސޫލުން ކުއްޔަށް ހިފަން ޝަރުޠު ހަމަވާ ކުންފުނިތަކަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

1. ޓުއަރިސްޓް ރެޕްރެޒެންޓޭޓިވް ކަަަައުންޓަރުތައް ހުންނަތަން / ޒޯން އަދި އެންމެ ކުޑަކޮށް ބިޑް ކުރެވޭނެ މަހުކުލި

މިކުންފުނިން ދޭ ޓުއަރިސްޓް ރެޕްރެޒެންޓޭޓިވް ކަަަައުންޓަރުތައް ހުންނަ ތަނަކީ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިންޓަރނޭޝަނަލް އެރައިވަލް ޓަރމިނަލްގައި ހުންނަ ޒޯނުތައް ހުރި ޖާގައެކެވެ.

ތަން / ޒޯން

ބިޑް ކުރެވޭނެ އެންމެ ކުޑަ މަހުކުލި

ކުރިމަތިލެވޭ ފަރާތް

ޒޯން އޭ، އަދި ބީ

2000.00 އެމެރިކާ ޑޮލަރު

ރާއްޖޭގައި ރިޒޯޓް ހިންގާ ކުންފުންޏަކަށް

ޒޯން ޑީ އަދި އީ

1500.00 އެމެރިކާ ޑޮލަރު

ރާއްޖޭގައި ރިޒޯޓް ހިންގާ ކުންފުންޏަކަށް

ޒޯން އެޗް

1000.00 އެމެރިކާ ޑޮލަރު

ރާއްޖޭގައި ހިންގާ ޓޫރިސްޓް ހޮޓާތަކަށް

ޒޯން ޖީ 

1000.00 އެމެރިކާ ޑޮލަރު

ރާއްޖޭގައި ޓްރެވެލް އެޖެންޓް / ޓުއަރ އޮޕަރޭޓަރ

ޒޯން ސީ އަދި އެފް

500.00 އެމެރިކާ ޑޮލަރު

ރާއްޖޭގައި ހިންގާ ޓޫރިސްޓް ހޮޓާ، ޓްރެވަލް އެޖެންޓް / ޓުއަރ އޮޕަރޭޓަރ

2. ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުރުން ލާޒިމް ޝަރުޠުތައް

2.1. ބީލަމުގައި ބައިވެރިވެވޭ ފަރާތަކީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އިކޮނޮމިކްސް ޑިވެލޮޕްމަންޓްގަަަަައި ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކެއް ނުވަތަ ރިޒޯޓް، ހޮޓެލް އަދި ޓުއަރ އެޖެންސީއެއް ހިންގުމަށް ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޓޫރިޒަމުން ލައިސެންސް ދީފައިވާ ކުންފުންޏެއް ކަމުގައިވާންވާނެއެވެ.

2.2. މި އެއަރޕޯޓުން ޓޫރިސްޓް ރެޕްރެޒެންޓޭޓިވް ކައުންޓަރެއް ލިބިފައިވާ ފަރާތަކަށް ނުވުން.

2.3. ބީލަމަށް ކުރިމަތިލާ ކުންފުނީގެ އަސާސީ ގަވާއިދުގެ މަޤުޞަދުތަކުގެ ތެރޭގައި ރިޒޯޓު، ހޮޓަލް އަދި ޓުއަރ އޮޕަރޭޓަރ ނުވަތަ ޓްރެވަލް އެޖެންސީ ހިންގުން ހިމަނާފައިވުން.

2.4. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ޓީ.ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކަށްވުން.

3. ބީލަންފޮތް ލިބޭނެގޮތް

ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިކުންފުނިން ސީރިއަލް ނަންބަރު ދީފައިވާ ބީލަން ފޮތެއް 24 ޑިސެންބަރު 2014 އިން 31 ޑިސެންބަރު 2014 ގެ ނިޔަލަށް، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 15:30 އާ ދެމެދުގެ ވަގުތުތަކުގައި މިކުންފުނީގެ ކޮމާޝަލް އެންޑް މާރކެޓިންގ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ (މެޓް އޮފީހުގެ ދެކުނު ފަރާތުގައިވާ އިމާރާތުން) އިން ގަންނަަން ލިބިވަޑައިގަންނަވާނެއެވެ. ބީލަން ފޮތުގެ އަގަކީ -/2،000 (ދެހާސް) ރުފިޔާއެވެ. ބީލަން ފޮތް ވިއްކުމަށްފަހު އެފައިސާ އަނބުރާ ނުދެވޭނެއެވެ.

ބީލަން ފޮތް ގަންނަންވާނީ ޓޫރިސްޓް ރެޕްރެޒެންޓޭޓިވް ކަަަައުންޓަރުތައް ހިންގަން އެދި ބީލަން ހުށަހަޅާ ކުންފުނީގެ ނަމުގައެވެ. ބީލަންފޮތް ވިއްކާނީ ގަންނަން އެދޭކަމުގެ ކުންފުނީގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއާއި ކުންފުނީގެ ރަޖިސްޓަރީ ކޮޕީ ހުށަހެޅުމުންނެވެ. ބީލަންފޮތް ދޫކުރާނީ، ގަންނަން އެދޭ ކުންފުނި ފަރާތުން އަންނަ މީހެއްގެ އައިޑީ ކާޑާއެކު ފޮތުގެ އަގު، ނަގުދު ފައިސާއިން މިކުންފުންޏަށް ހުށަހެޅުމުންނެވެ.

4. ޕްރީބިޑް ބައްދަލުވުން (މަޢުލޫމާތު ދިނުމުގެ ބައްދަލުވުން)

ބީލަން ހުށަހެޅުމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ދިނުމަށް 05 ޖަނަވަރީ 2015 ވަނަ ދުވަހުގެ 10:00 ގައި ޕްރީބިޑް ބައްދަލުވުމެއްް މި ކުންފުނީގެ ކޯޕަރޭޓް އޮފީހުގެ ފުރަތަމަ ފަންގިފިލާގެ ކޮންފަރެންސް ރޫމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ބީލަންފޮތް ގަންނަ އެންމެހައި ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވުމަކީ އެދެވިގެންވާ ކަމެކެވެ.

5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން

ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 12 ޖަނަވަރީ 2015 ވަނަ ދުވަހުގެ 10:00 ގައެވެ. އަދި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 12 ޖަނަވަރީ 2015 ވަނަ ދުވަހުގެ 10:15 ގައި، ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބީލަން ހުޅުވުމުގެ ހަފްލާގައި ބައިވެރިވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން ހުށަހަޅަންޖެހޭ ދުވަހަށް ނުވަތަ ތަނަށް ބަދަލެއް އަތުވެއްޖެނަމަ 11 ޖަނަވަރީ 2015 ގެ ކުރިން މި ކުންފުނިން ބީލަންފޮތް ގަނެފައިވާ އެންމެހާ ފަރާތްތަކަށް އަންގާނެއެވެ.

6. ބިޑް އިވެލުއޭޝަން ކްރައިޓީރިއާ

ރިޒޯޓް އަދި ޓޫރިސްޓް ހޮޓާތަކުގެ ބިޑް އިވޭލުއޭޓް ކުރާ ކްރައިޓީރިއާ

- ބީލަން ހުށަހަޅާ ކުންފުނިތަކުން ހިންގާ ރިޒޯޓުތަކުގެ ކޮޓަރީގެ އަދަދު – 25 މާކްސް      

- ރިޒޯޓް ނުވަތަ ހޮޓަލްގެ "ބްރޭންޑް" – 15 މާކްސް

- ބީލަމަށް ކުރިމަތިލާ ފަރާތުން ހުށަހަޅާ އަގު – 60 މާކްސް

- ރިޒޯޓް، ޓޫރިސްޓް ހޮޓަލުގައި ހުރި ކޮޓަރީގެ އަދަދު – 25 މާކްސް          

ޓްރެވަލް އެޖެންޓް / ޓުއަރ އޮޕަރޭޓަރތަކުގެ ބިޑް އިވޭލުއޭޓް ކުރާ ކްރައިޓީރިއާ

- ކުންފުނީގެ މާލީ ތަނަވަސްކަން – 15 މާކްސް

- ބީލަމަށް ކުރިމަތިލާ ފަރާތުން ހުށަހަޅާ އަގު – 60 މާކްސް

7. ބީލަން ގަތުމާއި ހުށަހެޅުމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

       ކޮމާޝަލް އެންޑް މާރކެޓިންގ

       މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

       ހުޅުލެ 22000

       ދިވެހިރާއްޖެ

       ފޯން: 3337156 ، 3337493 ، 3322068 ، 3337492

       އީ-މެއިލް: [email protected]

22 ޑިސެންބަރު 2014
ހޯދާ