މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރ

ކޮންޓްރެކްޓް އުސޫލުން ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރ

މުއްދަތު

1 އަހަރު

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ. އެސް 4

އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރައާއި އިނާޔަތްތައް

މުސާރަ: -/5020 ރ ، ސަރވިސް އެލަވަންސް: -/1500 ރ

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / އެންވަޔަރަންމަންޓް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ޕްރޮޖެކްޓް މެނޭޖްމަންޓުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ޕްރޮޖެކްޓް މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން ހިންގާ ޕްރޮޖެކްޓުތައް އިމްޕްލިމެންޓް ކުރުމަށް ކުރަންޖެހޭ ތިރީގައިމިވާ މަސައްކަތްތައް ކުރުން
  2. އެވެއަރނަސް ވަރކްޝޮޕްތަކާއި ސެމިނަރތައް ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  3. ވަރކްޝޮޕް ސެމިނަރތަކުގެ ރިޕޯޓް ތައްޔާރުކުރުން.
  4. އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް އެތެރެކުރުމަށް ބޭނުންވާ ހުއްދަ ފޯމު ތައްޔާރުކޮށް ރެޖިސްޓަރީ ބެލެހެއްޓުން.
  5. ޕްރޮޖެކްޓުތަކުން ކުރެވޭ ޚަރަދުތަކާ ގުޅޭ އެންމެހާ ލިޔެކިޔުންތައް އަޕްޑޭޓުކޮށް ބެލެހެއްޓުން.
  6. އޯ.ޑީ.އެސް. ޑޭޓާބޭސް އަޕްޑޭޓުކޮށް ބެލެހެއްޓުން
  7. ޕްރޮޖެޖްޓާ ގުޅޭ އެންމެހާ ލިޔެކުޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  8. އޯޒޯން ޔުނިޓުން ހިންގާ އެންމެހާ ކަންތައްތަކާ ގުޅިގެން ބޭރުން އަންނަ ފަރާތްތަކުގެ ލޮޖިސްޓިކްސް ބެލެހެއްޓުން. (ކަމާބެހޭ ދާއިރާތަކުގެ ބޭފުޅުންނާ ބައްދަލުވުންތަކާއި ކޮންސަލްޓަންޓުގެ އެކަމޮޑޭޝަން ފަދަ ކަންކަން ހަމަޖެއްސުން)
  9. އެވެއަރނަސް މެޓީރިއަލްސް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
  10. ތިމާވެށްޓާ ގުޅުންހުރި ދުވަސްތައް ފާހަގަކުރުމުގައި އެހީތެރިވުން

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018330 ، 3018329، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. އެވެއަރނަސް ވަރކްޝޮޕް ސެމިނަރތައް ތައްޔާރު ކުރުމުގެ ޤާބިލުކަން ހުރި މިންވަރު.
  2. ޑޭޓާބޭސް މެއިންޓެއިންސް އިންފޮރމޭޝަން ސިސްޓަމް އަޕްޑޭޓް ކުރުން ފަދަ މަސައްކަތުގެ ތަޖުރިބާ ހުރި މިންވަރު.
  3. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

  •  ސުންގަޑި: 31 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
  • އިންޓަވިއު، ޕްރެކްޓިކަލް އާއި އިމްތިޙާން ކުރުން 31 ޑިސެންބަރު 2014 އާއި 29 ޖަނަވަރީ 2015 ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

29 ޞަފަރު 1436

21 ޑިސެންބަރު 2014
ހޯދާ