ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:

ސީނިއަރ ލީގަލް އޮފިސަރ

ބޭނުންވާ އަދަދު:

1

ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ، ގްރޭޑް S01

އަސާސީ މުސާރަ:

-/7,350 ރ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %35

ޓެކްނިކަލް އެލަވަންސް

އަސާސީ މުސާރައިގެ %35

ޑެއިލީ ސަރވިސް އެލަވަންސް:

ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/275ރ.

ފޯން އެލަވަންސް:

ދައުލަތުގެ އިދާރާތަކަށް ފޯނު އެލަވަންސް ދޭ އުސޫލުން

މަޤާމުގެ މަސްއޫލިއްޔަތު:

ކޮމިޝަނުގެ ޤާނޫނީ މަސައްކަތްކުރުން

މައިގަނޑު މަސައްކަތްތައް:

  1. ކޮމިޝަންގެ އެންމެހައި ލީގަލް ކަންތައްތައް ހިންގައި ބެލެހެއްޓުން.
  2. އޮފީހުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ޤާނޫނީ ލަފާ ބޭނުންވާ މައްސަލަތައް ދިރާސާކޮށް، ޤާނޫނީ ލަފާ ދީ އެކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  3. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަޙުޤީޤުކުރުމާއި މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  4. ދައުލަތުގެ އެކިއެކި މުއައްސަސާތަކާ ގުޅިގެން ކޮމިޝަނުން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.
  5. ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް މެންބަރުންނަށް ހުށަހެޅުން.
  6. ކޮމިޝަނަށް ދައުވާލިބޭ ގޮތަށް ޝަރުޢީ ކޯޓުތަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލް ފަދަ ތަންތަނަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް ކޮމިޝަނުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެތަންތަނުގައި ކޮމިޝަން ތަމްޞީލު ކުރުމާއި ކޮމިޝަނުގެ ފަރާތުން ވަކާލާތުކުރުން.
  7. އޮފީހުގެ މަސައްކަތާ ގުޅުން ހުންނަ ޤާނޫނުތަކާއި ގަވާއިދުތަކާގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުން.
  8. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ގޮތުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  • ޤާނޫނީ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި އުޅެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ޤާނޫނީ ދާއިރާއިން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އުޅެ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ނަން:

އިންވެސްޓިގޭޓަރ

ބޭނުންވާ އަދަދު:

1

ކްލެސިފިކޭޝަން:

އޮފިސަރ  ގްރޭޑް O01

އަސާސީ މުސާރަ:

-/4,725 ރ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %35

ޓެކްނިކަލް އެލަވަންސް

އަސާސީ މުސާރައިގެ %35

ޑެއިލީ ސަރވިސް އެލަވަންސް:

ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/250ރ.

ފޯން އެލަވަންސް:

ދައުލަތުގެ އިދާރާތަކަށް ފޯނު އެލަވަންސް ދޭ އުސޫލުން

މަޤާމުގެ މަސްއޫލިއްޔަތު:

އިންވެސްޓިގޭޝަން މަސައްކަތް ކުރުން

މައިގަނޑު މަސައްކަތްތައް:

  1. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަޙުޤީޤުކޮށް، މައްސަލަތަކާ ބެހޭގޮތުން ކޮމިޝަނަށް މަޝްވަރާ އާއި ލަފާދިނުން.
  2. ކޮމިޝަން މެންބަރުންގެ ލަފާގެ ދަށުން ސަރުކާރުގެ އެހެން އޮފީސްތަކާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.
  3. ތަޙުޤީގު ކުރެވޭ މައްސަލަތައް ކުރިއަށްދާ ގޮތާއި މައްސަލަތަކުގެ ރިކޯޑު ބެލެހެއްޓުން.
  4. މައްސަލަތަކާ ގުޅޭ އެންމެހާ މަޢުލޫމާތެއް ބެލެހެއްޓުން.
  5. ކޮމިޝަންގެ ލަފާގެ ދަށުން މައްސަލަތަކާ ގުޅޭ ރިޕޯޓު ތައްޔާރުކުރުން.
  6. މައްސަލަތަކާ ގުޅޭގޮތުން ހާޒިރުކުރަންޖެހޭ މީހުންނަށް ހާޒިރުވާން އެންގުން.
  7. މައްސަލަތަކުގައި ގެނެވޭ މީހުންގެ ބަޔާން ނެގުން.
  8. ކޮމިޝަނުން ބަލައި ތަޙުޤީޤް ކުރާ މައްސަލަތަކާ ގުޅުންހުރި ލިޔުންތައް ދެނެގަނެ އެފަދަ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
  9. ކޮމިޝަނުން ބަލައި ތަޙުޤީޤްކުރާ މައްސަލަތަކުގެ ރިޕޯޓު ޙިއްސާކުރަންޖެހޭ ދައުލަތުގެ އިދާރާތަކަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ އެންމެހޭ ކަންތައްތައް ކުރުން.
  10. ކޮމިޝަނުން ބަލައި ތަޙުޤީޤުކުރާ މައްސަލަތަކުގެ ތެރެއިން ޖިނާޢީ ދަޢުވާކުރުމަށް ކޮމިޝަނަށް ފެންނަ މައްސަލަތަކުގައި ޖިނާޢީ ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްޓަކައި މެންބަރުންގެ ލަފައާއެކު ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  11. ކޮމިޝަނުން ބަލައި ތަޙްޤީޤުކުރާ މައްސަލަތަކުގެ ތެރެއިން ޖިނާޢީ ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަތަކުގެ ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަނބުރާ ފޮނުވާ މައްސަލަތަކާއި އިތުރު މަޢުލޫމާތު ހޯދުމަށް އެދޭ މައްސަލަތަކުގައި މެންބަރުންގެ ލަފައާއެކު ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  12. ކޮމިޝަނުން ބަލާ މައްސަލަތަކާ ބެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް، ޓައިޕްކުރުން.
  13. އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ޑިޕާޓްމަންޓުން ހޯދައި ތައްޔާރުކޮށް ކަޑައެޅިފައިވާ ޑެޑްލައިނަށް ކަމާ ބެހޭ ޑިޕާޓްމަންޓާ ޙަވާލުކުރުން.
  14. މަޤާމުގެ މައްސޫލިއްޔަތުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • ތަޙުޤީޤު ކުރުމުގެ ދާއިރާގެ މިފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ ފަރާތެއް ކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓު (އެޓެސްޓް ކޮށްފައިވާ).
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ރެފަރަންސް/ ރެކަމަންޑޭޝަން ލެޓަރ)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައި)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑި:

  • 25 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ­އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްރަކްޗަރ ކޮށި (ނަމޫނާ ހައުސިންގ ޔުނިޓް)

އަމީނީމަގު, މާފަންނު، މާލެ 20392، ދިވެހިރާއްޖެ

އިންޓަވިއު ކުރުން:

  • މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • އިންޓަވިއު އަށް ހާޒިރުވާންޖެހޭ ފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި އިންޓަވިއު ބާއްވާ ތާރީޚުގެ 24 ގަޑިއިރު ކުރިން އެންގޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

މި މަޤާމުތަކަށް މުވައްޒަފުން ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

 

  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި ކޮމިޝަންގެ ނަންބަރު 3010784 އަށް ގުޅުއްވުން އެދެމެވެ.

 

23 ޞަފަރު  1436

15 ޑިސެންބަރު 2014
ހޯދާ