މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވަށާފާރު ރޭނުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން

މ.ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުން.

މިކޯޓުން ދޭ މަޢުލޫމާތާ އެއްގޮތަށް މ.ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިކޯޓަށް ނުވަތަ މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 އަށް މިކޯޓަށް ނުވަތަ މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނަވޭނެ ވާހަކަ ދެންނެވީމެވެ.

22 ޞަފަރު 1436

14 ޑިސެންބަރު 2014
ހޯދާ