މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

MBC-PRC/376/12/2014

 

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު:

މިކޯޕަރޭޝަންގެ ރޭޑިއޯ ބިލްޑިންގ އޮފީސް ޢިމާރާތުގެ ފަސްޓްފްލޯއާއި ސެކަންޑްފްލޯއާއި، ތާރޑްފްލޯގެ ޝީޓުތަކުގެ ކޮންކްރީޓްތައް ފެޅި ހަލާކުވެފައިވާ ތަންތަން އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު MBC-F/IU/2014/137 ނަންބަރު އިޢުލާނާ ގުޅިގެން ޕްރޮޕޯޒަލް ހުށަހަޅުއްވާފައިވަނީ 2 ފަރާތުން ކަމަށްވާތީ އެއިޢުލާން ބާޠިލުކޮށް، އެފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 24 ޑިސެންބަރު 2014 ބުދަ ދުވަހު 1:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 ޑިސެންބަރު 2014 ހޯމަ ދުވަހުގެ 1:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާއިރު މިކޯޕަރޭޝަނުން ދޭ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވާ ހުށަހަޅުއްވަންވާނެއެވެ.

23 ޞަފަރު 1436            

15 ޑިސެންބަރު 2014
ހޯދާ