މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އިންވާޓަރ ސްޕްލިޓް ޓައިޕް އަދި ވޯލް މައުންޓް އެއަރކޯން ސިސްޓަމެއް ސަޕްލައިކޮށް، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ގްރީން ބިލްޑިންގގެ ގްރައުންޑް ފްލޯ އަދި 3 ވަނަ ފްލޯގައި އިންވާޓަރ ސްޕްލިޓް ޓައިޕް އަދި ވޯލް މައުންޓް އެއަރކޯން ސިސްޓަމެއް ސަޕްލައިކޮށް އަދި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު IUL)438-PRCU/1/2014/77)ފ(13 ނޮވެންބަރު 2014) އާ ގުޅިގެން އެކަށީގެންވާ އަދަދަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

  1. މި ބީލަން ކުރިއަށްދާނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ދަށުން 11 ފެބުރުވަރީ 2009 ގައި ހަދާފައިވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް 31 އޮކްޓޫބަރު 2010 ގައި އިތުރުކުރެވުނު " ބާބު 15: ދައުލަތުގެ ޕްރޮކިއުމަންޓް" ގެ ދަށުންނެވެ.
  2. ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މަޢުލޫމާތުޝީޓުގައި ދެވިފައިވާ މިންގަނޑުތަކަށެވެ.
  3. މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތުދިނުމުގެ ގޮތުން ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 24ޑިސެންބަރު 2014 ވާ ބުދަދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައެވެ. ޕްރީބިޑް މީޓިންގއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނެތްވާހަކަ ދަންނަވަމެވެ.
  4. ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 29 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އޮޑިޓޯރިއަމްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
  5. ބަންދުކުރެވިފައިވާ ބީލަންތައް 29 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 އަށް ތިރީގައިވާ އެޑްރެހަށް ހުށަހަޅުއްވަންވާނެއެވެ. މިވަގުތުގެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަން ހުޅުވާނީ މަތީގައި ދެންނެވުނު ގަޑީގައި ތިރީގައިވާ އެޑްރެހަށް ވަޑައިގަންނަވާ ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ މަންދޫބުންގެ ހާޒިރުގައެވެ.

ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018300 960+ ، ފެކްސް: 3018301 960+

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

18 ޑިސެންބަރު 2014
ހޯދާ