ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ކަލަންޑަރެއް ތައްޔާރުކޮށް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދަން

ޖުޑީޝަރީގެ މަޢުލޫމާތާއި ފޮޓޯ ހިމެނޭގޮތަށް ކަލަންޑަރެއް ތައްޔާރުކޮށް ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދަން މި ޑިޕާޓްމަންޓުން ކުރި ނަންބަރު L/2014/73-ފ198 (02 ޑިސެންބަރު 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯޒަލް، އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން ޕްރޮޕޯޒަލް، އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ފަރާތްތަކުން 21 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 11:00 އަށް މަސައްކަތް ކުރުމާ ބެހޭގޮތުން ހުށަހަޅުއްވާ ޕްރޮޕޯޒަލް، އަންދާސީހިސާބާ މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.

09 ޖުމާދަލްއޫލާ 1434

21 މާރިޗު 2013
ހޯދާ