ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައުޓްބޯޑު ފޯރސްޓޮކް 250 ގެ 2 އިންޖީނު ގަންނަން

އަންދާސީހިސާބު ބޭނުންވެއްޖެ

މިއިދާރާގެ ކަފެނާ ލޯންޗަށް އައުޓްބޯޑު ފޯރސްޓޮކް 250 ގެ 2 އިންޖީނު ގަންނަން ބޭނުންވެގެން ކުރި ނަންބަރު IUL)242/242/2014/32)ފ(13 ނޮވެންބަރު 2014) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ 2 ފަރާތުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި 2 އިންޖީނު ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

17 ޞަފަރު 1436

09 ޑިސެންބަރު 2014
ހޯދާ