މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓު ހިންގުމަށް ޢިމާރާތެއް ހެދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ކޯޓު ހިންގުމަށް ޢިމާރާތެއް ހެދުމަށް ކަނޑައަޅާފައިވާ ބިމުގައި ކޯޓު ހިންގުމަށް ޢިމާރާތެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު: 27/2014 (10 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން އެމަސައްކަތަށް އެވޯޑް ކުރެވިފައިވާ ފަރާތުން އެމަސައްކަތާ ހަވާލުވެވެން ނެތްކަމަށް އަންގާފައިވާތީއާއި، އެހެން ފަރާތްތަކުން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 10 ޑިސެންބަރު 2014ވާ ބުދަ ދުވަހުގެ 10:00އަށް މިކޯޓަށް ނުވަތަ ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 ޑިސެންބަރު 2014ވާ ބުދަ ދުވަހުގެ 10:00އަށް މިކޯޓަށް ނުވަތަ ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

03 ޑިސެންބަރު 2014
ހޯދާ