މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
3 ފްލޯރއެއްގެ ކާޕެޓްޓައިލްސް ބަދަލުކުރުމަށް

މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް މިއޮފީހުގެ 3 ފްލޯރއެއްގެ ކާޕެޓްޓައިލްސް ބަދަލުކުރުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 11 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

12 ޞަފަރު 1436

04 ޑިސެންބަރު 2014
ހޯދާ