ހިންނަވަރު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

މި މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

 

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލްއޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޝަން/ ސެކްޝަން

 އެޑްމިން

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޅ. ހިންނަވަރު ޞިއްޙީ މަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މަރުކަޒުގެ އިން ޗާރޖެއްގެ ގޮތުން ސަރުކާރުގެ މުދަލާއި ފައިސާ ހޭދަކުރުމުގެ ގަވާއިދާ އެއްގޮތަށް ފައިސާގެ ކަންތައްތައް ބަލަހައްޓާ ސްޕްރަވައިޒް ކުރުން.
  2. ޞިއްޙީ މަރުކަޒުގެ އެކައުންޓްތަކާއި ލިބޭ އަދި ޚަރަދުވާ ފައިސާގެ ކަންކަން ދުވަހުން ދުވަހަށް ބަލައި ޤާނޫނާ ގަވާއިދާއި އެއްގޮތަށް އެކަންކަން ކުރެވޭކަން ކަށަވަރުކުރުން.
  3. ބަޖެޓް ކޮންޓްރޯލް ކުރުމުގެ އުސޫލުތަކާއި ޚަރަދުކުރުމަށް ބޭނުންވާ ފައިސާ ލިބޭނެ ގޮތްތައް ހަމަޖެއްސުން.
  4. މުސާރައާއި އުޖޫރައާއި ޢިނާޔަތްތައް ލިބިދިނުމަށް ބޭނުންވާ ކަންކަން ފަހިކުރުމާއި ކަނޑައެޅިފައިވާ ދުވަހަށް މުސާރައާއި އުޖޫރައާއި ޢިނާޔަތްތައް ދިނުން.
  5. ޞިއްޙީ މަރުކަޒަށް ބޭނުންވާ މުދަލާއި ޚިދްމަތް ހޯދައި ލިބިގަތުމުގެ ކަންކަން ހިގަމުން އަންނަގޮތް ބަލައި ފަސޭހަ އިންތިޒާމެއްގެދަށުން ކުރެވޭނެގޮތް ހަމަޖެއްސުން.
  6. ޞިއްޙީ މަރުކަޒުގެ ޕްރޮކިޔުމަންޓް އަދި ސްޓޮކްގެ މަސައްކަތްތައް ކުރިޔަށްދަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށްތޯ ބަލައި، ޕްރޮކިޔުމަންޓް އަދި ސްޓޮކްގެ މަސަކަތްތައް ތަރައްޤީކުރުމަށް އަޅަންޖެހޭފިޔަވަޅުތައް ދެނެގަތުމާއި އެފިޔަވަޅުތައް އެޅުން.
  7. ޞިއްޙީ މަރުކަޒުގެ އެކައުންޓާއި ގުޅޭ ހުރިހާ ރިޕޯޓުތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވާ އެކަމާ ގުޅޭ މަސައްކަތްތައް ކުރުން.
  8. ޞިއްޙީ މަރުކަޒުގެ ބަޖެޓް، މުސާރަ އަދި އާމްދަނީ ފައިސާގެ ހުރިހާ ކަމެއް ކޮށް ބެލެހެއްޓުން.
  9. ފައިސާއާ ބެހޭ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  10. ފައިނޭންޝަލް ސްޓޭޓްމަންޓްތައް ތައްޔާރުކުރުން.
  11. އަހަރީ ބަޖެޓް ތައްޔާރުކުރުން.
  12. ޞީއްޙީ މަރުކަޒުގައި ކުރެވޭ މުހިއްމު މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  13. ޞިއްޙީ މަރުކަޒުގެ ޢާއްމު އުޞޫލުތަކާއި ގަވާއިދުތަކަށް ޢާއްމުން އިޙްތިރާމް ކުރުމަށް ބާރުއަޅާ އެކަން އެގޮތުގައި ދެމެހެޓުމަށް މަސައްކަތް ކުރުން.
  14. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އާލާކުރުމަށް މަސައްކަތް ކުރުމާއި ، މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތާއި އެކިއެކި އިޖްތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠު

  1. އެކައުންޓްސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއި ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

އިތުރުގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން ބަންދުދުވަހުގެ އެލަވަންސް.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ޕާސްޕޯޓް ސައިޒްގެ ފޮޓޯއާއެކު (ފޯމު ޅ. ހިންނަވަރު ޞިއްޙީމަރުކަޒު އޮފީހުގެ ރަސްމީގަޑީގައާއި އަދި ސިވިލްސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ލިބެންހުންނާނެއެވެ. ) މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައި ނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  7. ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ ނުވަތަ އެކްރެޑިޓް ކޮށްދޭނެ ކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން )
  8. ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  9. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ސުންގަޑި

މިމަޤާމަށް  ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެފަހުގެ  ތާރީޚަކީ 14  ޑިސެންބަރު 2014 ދުވަހުގެ 15:00 އެވެ. ވަޒީފާއަށް އެދި ފޮނުވާ ފޯމުއާއި ތަކެތި ބަލައިގަންނާނީ  ޅ. ހިންނަވަރު ޞިއްޙީ މަރުކަޒުންނެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

  1. މިމަޤާމަށް ކުރިމަތިލާ މީހުންނާއި އިންޓަރވިއު ކުރެވޭނީ ޅ. ހިންނަވަރު ޞިއްޙީ މަރުކަޒުގައެވެ.
  2. މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިމަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރިޚުން ފެށިގެން 02 ހަފްތާގެ ތެރޭގައެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލުމާތު ސާފްކުރައްވަން ގުޅުއްވާނެ ނަމްބަރަކީ 6620216 އެވެ. ވަޒީފާއަށް އެދޭ ފޯމު ޅ. ހިންނަވަރު ޞިއްޙީމަރުކަޒު އޮފީހުގެ ރަސްމީގަޑީގައާއި އަދި ސިވިލްސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.

12 ޞަފަރު 1436

04 ޑިސެންބަރު 2014
ހޯދާ