ވ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް

ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ބޭނުންވެއްޖެ

ވ.ރަކީދޫ ޞިއްޙީމަރުކަޒަށް 2 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި ކޮމްޕިއުޓަރ ސިސްޓަމް ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ވ.އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިހޮސްޕިޓަލަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

10 ޑިސެމްބަރު 2014 (ބުދަ) ދުވަހުގެ 11:00 އަށް

14 ޑިސެމްބަރު 2014 (އާދީއްތަ) ދުވަހުގެ 13:30 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6700029 ނަމްބަރު ފޯނާއެވެ.

9 ޞަފަރު 1436                

01 ޑިސެންބަރު 2014
ހޯދާ