އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޕާޓްމަންޓް ކުއްޔަށް ހިފުމަށް

މިހޮސްޕިޓަލަށް ގެނެވޭ ބިދޭސީ ޑޮކްޓަރުންނާއި، ޕެރެމެޑިކްސް ސްޓާފުން އެކަމަޑޭޓް ކުރުމަށްޓަކައި 01 ކޮޓަރިއާއި 02 ކޮޓަރީގެ ފުލީ ފާރނިޝްޑް އެޕާޓްމަންޓް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިފަދަ އެޕާޓްމަންޓް ކުއްޔަށް ދޫކުރެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތު ބަޔާންކޮށް، މިހޮސްޕިޓަލުގެ ސަޕްލައިސް ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. އަދި ކުއްޔަށް ދޭނެ ފަރާތެއް ހޮވުމުގައި މާކްސްދެވޭނެ މިންގަނޑު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

މިއިޢުލާނުގެ ދަށުން އެޕާޓްމަންޓް ކުއްޔަށް ދޫކުރުމަށް ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ބަލައިގަނެވޭނީ 10 ޑިސެންބަރު 2014 ވަނަ ދުވަހުގެ ނިޔަލަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 3335105 އަށް ގުޅުއްވުން އެދެމެވެ.

1

މަހު ކުލި

80%

2

ތަނުގެ ބޮޑުމިން (އަކަފޫޓުން)، ތަނުގެ ފެންވަރު އަދި ފުރިހަމަކަން

10%

3

ކުއްޔަށް ދެވޭނެ މުއްދަތު

5%

4

އިމާރާތް ނުވަތަ ފްލެޓާއި އައި.ޖީ.އެމް.އެޗް އާ ހުރި ދުރުމިން

5%

05 ޞަފަރު 1436

27 ނޮވެންބަރު 2014
ހޯދާ