މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
118000ބީޓީޔޫ ގެ ކޮންޑެންސިންގ ޔުނިޓެއް ގަންނަން

މިކުންފުނީގެ ބޭނުމަށް 118000ބީޓީޔޫ ގެ "Daikin VRV VeUpQ" ކޮންޑެންސިންގ ޔުނިޓެއް ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު:PRC/I-2014/129-ފ113 އިޢުލާނަށް މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

ވީމާ، މި ކޮންޑެންސިންގ ޔުނިޓް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

04 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް

09 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް

މިކަމަށް އެދި މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.

05 ޞަފަރު 1436

27 ނޮވެންބަރު 2014
ހޯދާ