މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޢުމްރާއަށް ގެންދިއުމަށް ޝައުޤުވެރިވާ އަމިއްލަ ކުންފުނިތަކުން އެކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

2015 ވަނަ އަހަރު ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމަށް ޝައުޤުވެރިވާ އަމިއްލަ ކުންފުނިތަކުން، އެކަމަށް އެދި ކުރިމަތިލުމުގެ ފުރުޞަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން މި ފުރުޞަތަށް އެދި ހުށަހަޅަންވާނީ 31 ޑިސެންބަރު 2014 ގެ ކުރިން، ތިރީގައި ބަޔާންކުރާ ޝަރުޠުތައް ހަމަވާ ކުންފުނިތަކެވެ. އަދި ހުށަހަޅާއިރު، ތިރީގައި ބަޔާންކުރާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެއެވެ.

  1. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 10/96) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޕްރައިވެޓް ނުވަތަ ޕަބްލިކް ކުންފުންޏަކަށްވުން.
  2. ފަސްލައްކަ ދިވެހިރުފިޔާގެ ބޭންކް ގެރެންޓީއެއް ޢުމްރާގެ ހުއްދަދެވޭ މުއްދަތަށް ބެހެއްޓުން.
  3. ހުށަހަޅާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީ އަދި ޢުމްރާއާ ބެހޭ ކަންކަމުގެ އިންތިޒާމުތަކާއި ކަންކަން ބެލެހެއްޓުމަށް ޢައްޔަންކޮށްފައިވާ އެންމެ އިސްފަރާތަކީ ކުށުގެ ރިކޯޑެއް ނެތް، ފާއިތުވެދިޔަ އަހަރުތަކުގައި ޢުމްރާ ނުވަތަ ޙައްޖުގެ ފައިސާ މެނޭޖު ނުކުރެވިފައިވާކަމަށް މިނިސްޓްރީއަށް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.
  4. ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓުފިކެޓު، ލެޓަރހެޑް، ލޯގޯ، ސިއްކައިގެ ކޮޕީ އަދި ވޭތުވެދިޔަ 6 މަސް ދުވަހުގެ ކުންފުނީގެ ބޭންކު ސްޓޭޓްމަންޓު ހުށަހެޅުން.
  5. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި، ބޯޑުގެ މެމްބަރުންނާއި އަދި ޢުމްރާއާ ބެހޭ ކަންކަން ހަވާލުކޮށްފައިވާ އެންމެ އިސްވެރިޔާގެ އައިޑީ ކާޑުގެ ކޮޕީއާއި، ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއި އަދި ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑު ފޯމުތައް ހުށަހެޅުން.
  6. ކުންފުންޏާއި ޢުމްރާއަށް ގެންދާ ފަރާތާ ދެމެދުގައި ހަދަން ގަސްދުކުރާ އެއްބަސްވުމުގެ ނަމޫނާ ހުށަހެޅުން.

މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ފުރިހަމަވާ ފަރާތްތަކުން، 2015 ވަނަ އަހަރު ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމެނޭ ލިޔެކިޔުމާއެކު މި މިނިސްޓްރީއަށް 31 ޑިސެންބަރުގެ ކުރިން ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

01 ޞަފަރު 1436

23 ނޮވެންބަރު 2014
ހޯދާ