ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ލެކްޗަރަރ

އިޢުލާން

މަޤާމު:

ސީނިއަރ ލެކްޗަރަރ

ބޭނުންވާ އަދަދު:

01

 

މުސާރަ:

މަހަކު 15,246.00 ރ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 6,534.00ރ

 

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ

 

ދާއިރާ:

ލޯ

ރޭންކް:

2

 

މަގާމްގެ ޝަރުތު:

  • އެމް.އެން.ކިޔޫ.އެފްގެ ލެވެލް  10 ގެ ސަނަދެއް މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ހާސިލުކޮށްފައިވުން.

ސީނިއަރ ލެކްޗަރަރގެ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، ލެކްޗަރަރގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

ލެކްޗަރަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 12,687.50 ރ

ޔުނިވަރސިޓީ އެލަވަންސް:

މަހަކު 5,437.50ރ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ

ދާއިރާ:

ލޯ

ރޭންކް:

2

މަގާމްގެ ޝަރުތު:

 

  • އެމް.އެން.ކިޔޫ.އެފްގެ ލެވެލް  7 ގެ ސަނަދާއި ލެވެލް 9 ގެ ސަނަދެއްމަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.

މަސްއޫލިއްޔަތު:

1. ޓޭބަލް ކުރެވޭ ގަޑިއާއި ބަދަލުގައި ނަގަންޖެހޭ ގަޑިތައް ވާރކްލޯޑް ޕޮލިސީއާ އެއްގޮތަށް ނެގުން. ޓިއުޓޯރިއަލްއާއި ޢަމަލީ ކްލާސްތަކާއި ޑެމޮންސްޓްރޭޝަންތަކާއި ވާރކްޝޮޕްތަކާއި ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި ކްލިނިކަލް ސެޝަންތައް ހިންގުން.

2. ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުގައްރަރާ އެއްގޮތަށް ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ ކޯސް ނިމުނު ގޮތުގެ މަޢުލޫމާތު މެނޭޖްމަންޓަށް ދިނުން. އެސައިންމަންޓާއި އިމްތިޙާން ކަރުދާސްތައް ހަދައި މާކްސްތައް ތައްޔާރުކުރުން. ކޮންމެ ދަރިވަރެއްގެ ޕްރޮގްރެސްއާއި ޕަރފޯމަންސް މޮނިޓަރކޮށް މެނޭޖްމަންޓްއަށް މަޢުލޫމާތު ދިނުން.

3. ކިޔަވައިދިނުމާއި ފިލާވަޅު ތައްޔާރު ކުރުމުގައި ރަސްމީގަޑީގެ ވަގުތު އެކަމަށް ހޭދަކުރުމާއި ތިރީގައިވާ މައިގަނޑު ކަންތައްތައް ކުރުން.

(ހ) އާ މުޤައްރަރުތައް ފަރުމާކުރުމާއި ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙު ކުރުން.

(ށ) ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުން ހުށަހަޅާ ކަންތައްތަކަށް ޖަވާބުދާރީވުން.

(ނ) މާއްދާތަކުގެ އިމްތިޙާން ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިމްތިޙާނު ދިނުމައި ޕޭޕަރުތައް ކަނޑައެޅިފައިވާ މުއްދަތުގައި ސާފުކޮށް ނިންމުން.

(ރ) ޕާޓްޓައިމް ލެކްޗަރަރއިން ދެއްވާ މާއްދާތަކާއި އިމްތިޙާނު ދިނުމާއި ޕޭޕަރުތައް ކަނޑައެޅިފައިވާ މުއްދަތުގައި ސާފުކޮށް ނިންމުން.

(ބ) ކިޔަވައިދޭ މާއްދާތައް ކިޔަވައިދެވޭ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި އެކަމަށް މަސައްކަތް ކުރުން.

(ޅ) ފަންނީ މުވައްޒަފުންގެ ބައްދަލުވުން ތަކުގައާއި މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ ޙަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީ ކުރުމަށް މެނޭޖްމަންޓްއަށް އެހީތެރިވެދިނުން.

(ކ) ފެކަލްޓީގެ ކަންތައްތައް ރަނގަޅުކުރުމަށް ހިންގާ ކަންކަމުގައި އެއްބާރުލައި އަމިއްލަގޮތުންވެސް މަސައްކަތް ކުރުން.

4. ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން އެކުވެރިކަމާއެކު މަސައްކަތަށް ފަސްނުޖެހޭ ޕްރޮފެޝަނަލް ރޫޙެއްގައި މަސައްކަތްކުރުން

އަމިއްލަގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާއި ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޝާއިޢުކުރުމަށް މަސައްކަތް ކުރުން.

5. ކޯސް ކޯޑިނޭޓްކުރުމާއި މާއްދާ ކޯޑިނޭޓްކުރުން. ފެކަލްޓީ އަދި ޑިޕާޓްމަންޓްގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި ކޮމިޓީތަކުގައި ބައިވެރިވުން.

6. މިނޫންވެސް މަޤާމާ ގުޅޭގޮތުން ފެކަލްޓީއިން ޙަވާލުކުރާ ކަންތައްތައް ކުރުން.

ތަޢުލީމީ ޙަރަކާތްތައް

  1. އައު އެކަޑެމިކް ޕްރޮގްރާމްތައް ފެށުމަށާއި އައުކުރުމަށާއި ބަދަލުކުރުމަށާއި އުވާލުމަށް ކުރަންޖެހޭ ކަންތައްތަކުގައި މެނޭޖްމަންޓަށް އެހީތެރިވެދިނުން.
  2. ވަޒީފާގެ ބާޒާރަށާއި ޤައުމީ ކުރިއެރުމަށް ބޭނުންވާ ފެންވަރު ރަނގަޅު ކޯސްތައް އުފައްދައި ހިންގުމާއި ހަރުދަނާ އެކަޑެމިކް ސްޓޭންޑަރޑްތައް ތަނުގައި ޤާއިމުކުރުމަށް މަސައްކަތްކުރުން.
  3. ކޯސްތަކުގައި ކިޔަވައި ދިނުން.
  4. ފެކަލްޓީގެ ތަޢުލީމީ އަދި ދަރިވަރުންނަށްދޭ އެކަޑެމިކް އެހީ އާބެހޭ ޕްރޮގްރާމް ތަރައްޤީކޮށް، ހިންގާ ޕްރޮމޯޓްކުރުމުގައި މެނޭޖްމަންޓަށް އެހީތެރިވެދިނުން
  5. މާއްދާތައް ކިޔަވައިދޭނޭ މުދައްރިސުން ހޯދުމުގައި އެހީވުމާއި ކިޔަވައިދިނުމުގެ ފެންވަރު ބެލުމާއި އިމްތިޙާނުތައް ހިންގުން.
  6. ދަރިވަރުންގެ ރެކޯޑުތައް ބަލަހައްޓަމުންދާ ތަންތަނުގައި، އެ ރެކޯޑުތައް ހުރީ ހަމައަށްތޯއާއި ތެދަށްތޯ ކަށަވަރުކުރުން.
  7. ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި އައު ތަޢުލީމީ ސިޔާސަތުތައް ހުށަހަޅައި، ފާސްކޮށް ތަންފީޛުކުރުމުގައި މެނޭޖްމަންޓަށް އެހީތެރިވުން.
  8. ތަނާގުޅޭ ރިސާރޗް ޙަރަކާތްތައް ކުރިއެރުވުމަށް މަސައްކަތްކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާންގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާންގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލް ވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

01 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345157 ނަންބަރު ފޯނާއެވެ.
  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގ އަޚުލާޤަށްބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސްނޯޓިހެއް ދިނުމަކާނުލައި، އުވާލާ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
24 ނޮވެންބަރު 2014
ހޯދާ