ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީ.ޑީ.އެސް.ސީ ހިންގުމަށް ޢިމާރާތެއް ހޯދުމާބެހޭ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، ބިޒްނަސް ޑިވެލޮޕްމަންޓް ސެންޓަރެއް ހިންގުމަށް ޢިމާރާތެއް ކުއްޔަށް ހިފުމަށް މިއިދާރާއިން ކުރި ނަންބަރު IUL)240-CA/240/2014/72)ފ(04 އޮކްޓޫބަރު 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކުރުމަށްފަހު، އަލުން އިޢުލާން ކުރީމެވެ.

ވީމާ، ޢިމާރާތް ކުއްޔަށް ދޫކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ނޮވެންބަރު 2014 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 ޑިސެންބަރު 2014 ވަނަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

02 ޞަފަރު 1436

24 ނޮވެންބަރު 2014
ހޯދާ