ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
އެން.ސީ.އޭ ލައިވް އާޓް ވިތު ޔޫތު 2014 ގައި ބައިވެރިވުމުގެ ފުރުޞަތު

ޒުވާނުންގެ ދުވަހާ ގުޅިގެން ހިންގޭ ބައެއް ޕްރޮގުރާމްތަކުގެ ތެރެއިން އެއްދުވަހުގެ ކުރެހުމުގެ އިވެންޓެއް ސަލްޓަންޕާކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިއިވެންޓްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ޒުވާން ކުރެހުންތެރިންނަށް ފުރުޞަތު ހުޅުވާލަމެވެ. މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ 29 ނޮވެންބަރު 2014 ވަނަ ދުވަހުގެ ހެނދުނު 9:00 ން ހަވީރު 15:00 އަށެވެ. އަދި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު އެން.ސީ.އޭ ގެ ކައުންޓަރުން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިސެންޓަރުގެ ކޯޑިނޭޓަރ ޢަލީ އާދަމް މަނިކު 4968 777 ނުވަތަ ކިއުރޭޓަރ އަލްފާޟިލް އަޙުމަދު ނަޢީމު 7654 777 ނަންބަރު ފޯނާއެވެ.

20 ނޮވެންބަރު 2014
ހޯދާ