މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
މިޓްސުބިޝީ ލިފްޓާއި އޮޓިސް ލިފްޓްތައް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

އެމް.އެން.ޑީ.އެފް ގައި ބޭނުންކުރާ މިޓްސުބިޝީ ލިފްޓާއި އޮޓިސް ލިފްޓުތައް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތްކޮށްދޭން އެދޭ ފަރާތްތަކުން 26 ނޮވެންބަރު 2014 ވަނަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 30 ނޮވެންބަރު 2014 ވަނަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމަށް މީގެކުރިން ކުރި މިމިނިސްޓްރީގެ ނަންބަރު IUL)28-FA-1/1/2014/147) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ބޭފުޅުން އަގު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު، އަލުން އިޢުލާން ކުރީމެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިމިނިސްޓްރީގެ ފޯން ނަންބަރު 3313124 އާ ގުޅުން އެދެމެވެ.

27 މުޙައްރަމް 1436

20 ނޮވެންބަރު 2014
ހޯދާ