މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޅ.މާފިލާފުށީގައިހުރި ގޯތިގެދޮރަށް ބަދަލު ދިނުން

ޅ. މާފިލާފުއްޓަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުއްވުމާގުޅިގެން، އެރަށުގައި ދިރިއުޅެމުންއައި ޢާއިލާތައް ބަދަލުކުރުމުގެ މަސައްކަތުގައި، ހައުސިންގ ޔުނިޓެއް ދިނުމުގެ މިންގަނޑަށް ފެތިފައިނުވާ ފަރާތްތަކުގެ ގޯތީގެ ބަދަލުގައި ގޯތިދިނުމަށާއި، ގޯތީގައި ކުރައްވާފައިވާ މަސައްކަތް އަގުމަގުކޮށް ބަދަލު ދިނުމަށް، ސަރުކާރުންވަނީ ނިންމަވާފައެވެ.

މިގޮތުން ސަރުކާރުން ނިންމަވާފައިވަނީ، މާލެއާއި މާލެ ސަރަހައްދުގައިވާ ރަށްރަށް (ގުޅިފަޅު، ވިލިމާލެ، މާލެ އަދި ހުޅުމާލެ) ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުން، އެރަށަކުން އާންމުކޮށް ދޫކުރާ ބޮޑުމިނުގެ ގޯތި ދޫކުރުމަށެވެ.

ވީމާ، ޅ. މާފިލާފުށިން ގޯތި ނަންގަވާފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތަކުގެ ގޯތިގެދޮރަށް ބަދަލު ލިބިފައިނުވާ ފަރާތްތަކުގެ ގޯތީގެ ބަދަލުގައި ގޯތި ހޯދުމަށްޓަކައި، ގޯތިބޭނުންވާ ރަށެއް ބަޔާންކޮށް، ތިރީގައި ބަޔާންވެފައިއެވާ ލިޔެކިޔުންތަކާއެކު، 31 ޑިސެންބަރު 2014 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުމަށް އެންގުމުގެ ގޮތުން އާންމުކޮށް މިކަން އަންގައި އިޢުލާންކުރީމެވެ.

ގޯތި ބޭނުންވާ ރަށް ބަޔާންކޮށް، ގޯތީގެ ވެރިފަރާތުން ސޮއިކޮށް ފޮނުވާ ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން.

  1. މާފިލާފުށީގައި އޮތް ގޯތީގެ ރަޖިސްޓަރީގެ ކޮޕީ
  2. ގޯތީގެ ވެރިފަރާތުގެ އައިޑީ ކާޑުގެ ކޮޕީ

             24 މުޙައްރަމް 1436

17 ނޮވެންބަރު 2014
ހޯދާ