މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ސީއެމްޑީއޭ އަށް ބޭނުންވާ ގްރެފިކްސް އަދި ޑިޒައިން ޓެމްޕްލޭޓްތައް ތައްޔާރު ކުރުމާބެހޭ

ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުން އެހީދެއްވައިގެން ދިވެހިރާއްޖޭގެ ޕެންޝަންގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ސްޓޭކް ހޯލްޑަރ އޭޖެންސީތަކުގެ ފަންނީ ޤާބިލުކަން އިތުރުކުރުމާއި އަދި ޕެންޝަންގެ ނިޒާމާގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

މިގޮތުން، ޕެންޝަންގެ ނިޒާމާ ގުޅޭގޮތުން ސީއެމްޑީއޭއިން ކުރިޔަށްގެންދާ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުގައި ބޭނުންކުރާނެ ވީޑިއޯ އަދި ބުކްލެޓްސް ފަދަ ޕަބްލިކް އެވެއަރނެސް އާ ގުޅުންހުރި މެޓީރިއަލް ޑިޒައިންކޮށް ތައްޔާރުކުރަން ބޭނުންވެއްޖެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މިމަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް މަސައްކަތުގެ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ. މިމަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސް www.pension.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅުއްވާއިރު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ފަންނީ ތަޖުރިބާ އެނގޭގޮތަށް ތައްޔާރުކުރެވިފައިވާ ވަނަވަރު.
  • ޓާރމްސް އޮފް ރެފަރެންސްގައި ބަޔާންކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ލިބިފައިވާ ތަޖުރިބާ، ތަޢުލީމީ ފެންވަރު އަދި ފަންނީ ޤާބިލުކަން އަންގައިދޭ ލިޔެކިޔުމެއްވާނަމަ އެފަދަ ލިޔެކިޔުންތައް.
  • މަސައްކަތް ޢަމަލީގޮތުން ފެށޭނެ އެންމެ އަވަސް ތާރީޚު.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީ.
  • ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ދާއިމީ އެޑްރެސް.

މިމަސައްކަތަކީ ވާރލްޑްބޭންކުން ފަންޑުކޮށްގެން ހިންގާ މޯލްޑިވްސް ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ އެހީގައި ކުރެވޭ މަސައްކަތަކަށް ވުމާއެކު، މިމަސައްކަތް ކުރާނެ ފަރާތެއް އައްޔަންކުރެވޭނީ ވާރލްޑްބޭންކުގެ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

މިގޮތުން، ވާރލްޑް ބޭންކުގެ ގައިޑްލައިންގައިވާ ގޮތުގެމަތިން މިމަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ޓާރމްސް އޮފް ރެފަރެންސްގައި ބަޔާންކުރެވިފައިވާ ތަޢުލީމީ، ފަންނީ އަދި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށްކަމަށް ވުމާއެކު، ފާރމަކުން މިމަސައްކަތަށް ކުރިމަތިލާނަމަ، މަސައްކަތް ކޮށްދޭނެ ފަރާތެއް އައްޔަންކުރުމުގައި ބެލެވޭނީ ފާރމުގެ މަސައްކަތުގެ ތަޖުރިބާގެ ބަދަލުގައި، ފާރމުގެ ފަރާތުން ހުށަހަޅުއްވާ ބޭފުޅެއްގެ ތަޢުލީމީ ފަންނީ އަދި މަސައްކަތުގެ ތަޖުރިބާއަށެވެ. އަދި މަސައްކަތް ކުރުމަށް ހޮވޭ ފާރމަކާއެކު މަސައްކަތުގެ އެގްރީމަންޓް ކުރެވުނު ނަމަވެސް، މަސައްކަތުގެ މުއްދަތުގައި ފާރމުގެ ފަރާތުން މަސައްކަތްކޮށްދެއްވުމަށް ހުށަހަޅުއްވާ ބޭފުޅަކު ބަދަލުކުރުމުގެ ފުރުޞަތު މަސައްކަތުގެ މުއްދަތުގައި ނޯންނާނެއެވެ. މިމަސައްކަތަށް، ފާރމަކަށް ނިސްބަތް ނުވާ ފަރާތްތަކަށް، އަމިއްލަ ހައިސިއްޔަތުން ކުރިމަތިލުމުގެ ފުރުޞަތުވެސް އޮންނާނެއެވެ.

މިމަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ތިރީގައިމިވާ އެޑްރެހާ ގުޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އަމީނީ މަގު، 20379

މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 3309908

ފެކްސް ނަންބަރު: 3307759

އީމެއިލް:  [email protected]   

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އަމީނީ މަގު، 20379

މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 3309908

ފެކްސް ނަންބަރު: 3307759

އީމެއިލް: [email protected]  [email protected] ,

16 ނޮވެންބަރު 2014
ހޯދާ