އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީދޫ އަވަށުގެ ދަނޑުބިންތަކަށް ކަރަންޓް ލުން

އައްޑޫސިޓީގެ މީދޫ އަވަށުގެ ދަނޑުބިންތަކަށް ކަރަންޓް ލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ނޮވެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 14:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ނޮވެންބަރު 2014 (އަންގާރަ) ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ކަނޑައެޅިފައިވާ ވަގުތުތަކުގައި މި އިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި، އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް މި އިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.

23 މުޙައްރަމް 1436

16 ނޮވެންބަރު 2014
ހޯދާ