މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބޯޓްފަހަރުގެ ވެލިއު ކުރާނެ ފަރާތެއް ހޯދުން

މިކުންފުނީގެ ތިރީގައި މިދަންނަވާ އުޅަނދުފަހަރު ވެލިއުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  • ރަންދި- 18
  • ފެލިވަރު- 5 (ސަޕްލައިދޯނި)
  • ކޫއްޑޫ- 6 (ސަޕްލައިދޯނި)

ވީމާ، މިކަމަށް ޝައުޤުވެރިވާ އަދި މިފަދަ މަސައްކަތެއް ކޮށްދެއްވިދާނެ ޤާބިލުކަންހުރި ފަރާތްތަކުން 19 ނޮވެންބަރު 2014 ވަނަދުވަހުގެ 14:00 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 ނޮވެންބަރު 2014 ވަނަދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް، އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.                  

24 މުޙައްރަމް 1436

17 ނޮވެންބަރު 2014
ހޯދާ