ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޔަންމާ އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް

މިކައުންސިލުގައި ބޭނުންކުރަމުން ގެންދިޔަ ޔަންމާ އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއްޖެއެވެ. މި އިންޖީނުގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

ވީމާ، މިއިންޖީނު ބައްލަވައިގަންނަވަން އެދިލައްވާ ފަރާތްތަކުން 23 ނޮވެންބަރު 2014 ދުވަހުން ފެށިގެން މިއިދާރާއަށް ސިޓީއަކުން އަގު ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ. ހުށަހެޅިފައިވާ އެންމެމަތީ އަގު މިއިދާރާގެ ނޯޓިސްބޯޑުގައި ފެންނަން ހުންނާނެއެވެ. ޖެހިޖެހިގެން ބަންދުނޫން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ފެށޭ އަގަކީ -/10000 ރުފިޔާއެވެ. އަދި ނީލަމަށް އަގު އިތުރުކުރެވޭނީ މަދުވެގެން ފަހަރަކު -/500 ރުފިޔާއެވެ.

މޮޑެލް:           YTB-12.5T              ޕޯލް:        2P

ސީރިއަލް ނަމްބަރު:    12544                  ވޯލްޓޭޖު:     415

އެމް.އެފް.ޑީ:        19994                  ކަރަންޓު:     17.4 A

ކެޕޭސިޓީ:         12.5 KVA               ފްރެކުއެންސީ: 50 Hz

ފޭސް:           3                     ރިވޮލިއުޝަން: 3000 R.P.M  

20 މުޙައްރަމް 1436

13 ނޮވެންބަރު 2014
ހޯދާ