ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
1 ލާންޗް ސިޓީލައި ނީލަމުގައި ވިއްކާލުން

1 ލާންޗް ސިޓީލައި ނީލަމުގައި ވިއްކާލަން ގަސްދުކުރަމެވެ. ޕާރކިންގ ސޭބާ 212 ހޯސްޕަވަރުގެ 2 އިންބޯޑު އިންޖީނު (ޑީސަލް އިންޖީނު) އަޅާފައިވާ މި ލާންޗަކީ 1993 ވަނައަހަރު އުފައްދައި އަދި ރަޖިސްޓަރީކޮށްފައިވާ ލާންޗެކެވެ. ދިގުމިނުގައި 9 މީޓަރު ފުޅާމިނުގައި 3 މީޓަރު އަދި ފުންމިނުގައި 1.8 މީޓަރު ހުރި މި ލާންޗުގައި އުފުލެނީ 13 މީހުންނެވެ.

މި ލާންޗުގެ ނީލަން ފެށޭނީ 100,000.00 ރުފިޔާ (އެއްލައްކަ ރުފިޔާ) އިންނެވެ. ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން 500.00 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) އެވެ. 2014 ނޮވެންަބރު 17 (ހޯމަ) ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ހުށަހެޅިފައިވާ އެންމެމަތީއަގު އެދުވަހުގެ 14:00 ން ފެށިގެން ކައްދޫ އެއަރޕޯޓް އޮފީހުގެ ނޯޓިސްބޯޑުން ފެންނަން ހުންނާނެއެވެ. ރަސްމީ ބަންދުދުވަސްތައް ފިޔަވައި ޖެހިޖެހިގެން 7 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަށް ނީލަން ނިމޭނެއެވެ.

ވީމާ، މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން 2014 ނޮވެންބަރު 17 ވަނަދުވަހުގެ 09:00 ން ފެށިގެން އަގު ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ. އަގު ހުށަހަޅުއްވާ ލިޔުން ރަސްމީ ދުވަސްތަކުގައި މެންދުރުފަހުގެ 14:00 ގެ ކުރިން ކައްދޫ އެއަރޕޯޓް އޮފީހުން ބަލައިގަންނާނެއެވެ. އަދި މިލިޔުން ކައްދޫ އެއަރޕޯޓް އޮފީހުގެ ފެކްސް ނަންބަރު 7919821 އަށް ފެކްސް ކުރެއްވުމުންވެސް ނުވަތަ ކައްދޫ އެއަރޕޯޓުގެ މިދަންނަވާ އީ މެއިލް އެޑްރެހަށް މެއިލްވެސް ކުރެއްވިދާނެއެވެ. [email protected] އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800704 ނުވަތަ 7993303/ 7930063 ފޯނަށެވެ.

19 މުޙައްރަމް 1436

12 ނޮވެންބަރު 2014
ހޯދާ