މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ފައިނޭންޝަލް ކޮންޓްރޯލަރ

މަޤާމު :

ފައިނޭންޝަލް ކޮންޓްރޯލަރ

ބޭނުންވާ އަދަދު :

01

 

މުސާރަ :

  1. 15000.00 ރުފިޔާ (ފަނަރަހާސް ރުފިޔާ) އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ސަރވިސް އެލަވަންސް :

4470.00 ރުފިޔާ (ހަތަރުހާސް ހަތަރު ސަތޭހަ ހަތްދިހަ ރުފިޔާ)

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިޕާޓްމަންޓް :

ކޯޕަރޭޓް ސާރވިސަސް ޑިވިޝަން/ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަން

 

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު :

  • އޭސީސީއޭ ހާސިލުކޮށްފައިވުން ނުވަތަ ފައިނޭންސް އެންޑް އެކައުންޓްސް ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައި ވުމާއެކު 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
  • ވޭތުވެދިޔަ 05 އަހަރު ޖިނާޢީ އަޚުލާޤީ އެއްވެސް ކުށެއް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުން. ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން 

 

ހުށަހަޅަންޖެހޭ ލިޔުންތައް :

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ ތަޢުލީމީ ސެޓުފިކެޓުތަކާއެކު (ސިޓީގައި އިޢުލާން ނަންބަރު ހިމެނުއްވުން)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާ އަދާކުރައްވާނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާނަމަ އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން

ސުންގަޑި :

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 20 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ޕޯސްޓް ބިލްޑިންގގެ ރިސެޕްޝަނަށް ސިޓީފޮނުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު :

މި މަޤާމަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009271،3009272،3009273،3009274

ފެކްސް: 3321559

10 ނޮވެންބަރު 2014
ހޯދާ