މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑޭޓާ އެންޓަރކުރާނޭ މީހުން ހޯދުމަށް

ޑޭޓާ އެންޓަރކުރާނޭ މީހުން ބޭނުންވެއްޖެ

ގްރޭޑް 01 ން 10 ގެ ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރތަކުގެ ޑޭޓާ އެންޓަރ ކުރުމުގެ މަސައްކަތް 04 މަސްދުވަހަށް ކޮށްދޭނެ، ތިރީގައި މިދަންނަވާ ޝަރުޠުތައް ހަމަވާ 04 މީހުން ބޭނުންވެއްޖެއެވެ. މިމަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް (ކޮންމެ 7 ގަޑިއިރަކަށް) -/270 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރުވަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް ފައިސާ ލިބޭނެއެވެ. މަސައްކަތް ކުރަންޖެހޭނީ ޢާންމުގޮތެއްގައި ރަސްމީ ގަޑީގައި ހެނދުނު 8:00 ން މެންދުރުފަހުގެ 3:00 އަށެވެ.

މިމަސައްކަތަށް މީހުން ހޮވުމުގައި ޕޮއިންޓް ދޭނެގޮތް ތިރީގައި މިވަނީއެވެ.

ތަޢުލީމީ ފެންވަރަށް 50 ޕޮއިންޓް

ރަނގަޅު ސްޕީޑެއްގައި ޑޭޓާ އެންޓަރ ކުރުމަށް 50 ޕޮއިންޓް

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ނޮވެންބަރު 2014 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، ތަޢުލީމީ ސެޓުފިކެޓުތަކާއެކު، ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ.

18 މުޙައްރަމް 1436

10 ނޮވެންބަރު 2014
ހޯދާ