މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ (ވަގުތީ) (އެމް.އެސް 3)

މަޤާމު:

އެސިސްޓަންޓް ޑިރެކްޓަރ (ވަގުތީ) (އެމް.އެސް 3)

ބޭނުންވާ އަދަދު:

1

މުއްދަތު:

1 އަހަރު

ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:

7,035.00 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ސެކްޝަން:

ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަން/ އެސެޓް އެންޑް ލައިބިލިޓީ މެނޭޖްމަންޓް ސެކްޝަން

މަޤާމުގެ ޝަރުޠު:

  • މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި ފައިނޭންސް، މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި ފައިނޭންސް، މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި ފައިނޭންސް، މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި ފައިނޭންސް، މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު އިޞްލާޙު ކުރުމުގެ ރިވިއު ކޮމިޓީގައި ބައިވެރިވެ، ރިވިއު ކުރެވޭ ގަވާއިދަށް ގެނެވޭ ބަދަލުތައް މައިކްރޮސޮފްޓް ވޯޑް ފައިލުގައި އަޕްޑޭޓްކޮށް ބެލެހެއްޓުން. އަދި ރިވިއު ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން.
  • ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަނުގެ މަސައްކަތްތަކާއި ހިންގޭ ޕްރޮޖެކްޓުތަކުގެ ކުއަރޓަރލީ/ބައި-އެނުއަލް/އެނުއަލް ރިޕޯޓަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއި ރިޕޯޓު ތައްޔާރުކުރުން
  • އެސް.އޭ.ޕީ ލައިސަންސް އެގްރީމެންޓާއި، އެގްރީމެންޓުތަކާއި ގުޅޭ އިންވޮއިސްތަކުގެ އެންމެހައި ކަންތައްތަކުގައި އެސް.އޭ.ޕީ އާ ކޯޑިނޭޓްކުރުން
  • ވޯލްޑް ބޭންކުގެ އެހީގައި ހިންގޭ ސްޓްރެންތްނިންގ އޮފް ދަ ޕަބްލިކް އެކައުންޓިންގ ސިސްޓަމް ޕްރޮޖެކްޓުގެ ދަށުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކޯޑިނޭޓްކުރުމާއި ވޯލްޑް ބޭންކް އަދި އެހެނިހެން އެހީދޭ ފަރާތްތަތަކަށް ފޮނުވަންޖެހޭ ލިޔުންތަކާއި ރިޕޯޓުތައް ފޮނުވުން
  • ވޯލްޑް ބޭންކުގެ އެހީގައި ހިންގޭ ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ ދަށުން ޕަބްލިކް އެކައުންޓިންގ ސިސްޓަމް ހިންގުމަށް ކަނޑައެޅިފައިވާ ކޮމްޕޯނަންޓުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ޕެންޝަން ޕްރޮޖެކްޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓާއި ގުޅިގެން ކުރުން
  • ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަނަށް ބޭނުންވެގެން ބޭރުގެ މާލީ އެހީދޭ ޕްރޮޖެކްޓުތަކުގެ ދަށުން ހުޅުވާލެވޭ ޕްރޮކިއުމަންޓްގެ އެންމެހައި މަސައްކަތްތައް ކުރުން
  • ބޭރުގެ މާލީ އެހީދޭ އިދާރާތަކުން ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަނަށް، ފަންނީ އެހީ ދިނުމުގެ ގޮތުން ފޮނުވާ ކޮންސަލްޓަންޓުންގެ އެންމެހައި ކަންތައްތައް ކޯޑިނޭޓްކުރުން

އުޖޫރަ އާއި އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރު ގަޑީގެ ފައިސާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35 އެލަވަންސެއްގެ ގޮތުގައި ދެވޭނެއެވެ.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައި ވުން.

- މަސައްކަތަށް ޝަޢުޤުވެރިކަން ހުރި މިންވަރު

- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

- SAP ސޮފްޓްވެއަރ ބޭނުންކުރަން އެނގޭމިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި) އަދި ޓްރާންސްކްރިޕްޓްތައް

- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް

- މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ އިދާރާތަކުން ދޫކުރާ ލިޔުންތައް

- އެހެން ވަޒީފާއެއްގައި އުޅުއްވާ ބޭފުޅެއް ނަމަ، އަދި ސަރުކާރަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވިފައިވާ މުވައްޒަފެއްނަމަ، މި މިނިސްޓްރީގެ ވަޒީފާއަށް ހޮވިއްޖެނަމަ، މިހާރު ވަޒީފާ ޢަދާކުރައްވާ އޮފީހެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

ސުންގަޑި:

23 ނޮވެންބަރު 2014 (އާދީއްތަ) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349335/3349171 ނަންބަރ ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެކްޓިކަލް އާއި އިމްތިހާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.

12 މުޙައްރަމް 1436

05 ނޮވެންބަރު 2014
ހޯދާ