މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އައިޓީ ތަކެތި ގަތުމާބެހޭ

IDB ޕްރޮޖެކްޓްގެ މަސައްކަތަށް ގަންނަން ބޭނުންވާ އައިޓީ ތަކެތި ގަތުމާބެހޭ:

IDB ޕްރޮޖެކްޓްގެ މަސައްކަތަށް ގަންނަން ބޭނުންވާ އައިޓީ ތަކެތި ގަތުމަށް 29 އޮކްޓޫބަރު 2014 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު IUL)138-AS6/1/2014/183) އާ ގުޅިގެން ތިރީގައި ދެންނެވިފައިވާ ތަކެއްޗަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، އެތަކެތި ގަތުމަށް އަލުން އިޢުލާން ކުރަމެވެ.

  1. 05 ކޮމްޕިއުޓަރ ސިސްޓަމް
  2. 01 ލެޕްޓޮޕް
  3. 01 ކެމެރާ

ވީމާ، މިތަކެތި ގަންނަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ނޮވެންބަރު 2014 ވަނަ ދުވަހުގެ ހެނދުނު 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ނޮވެންބަރު 2014 ވަނަ ދުވަހުގެ ހެނދުނު 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

16 މުޙައްރަމް 1436

09 ނޮވެންބަރު 2014
ހޯދާ