ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެއަރކޮންޑިޝަން އިންސްޓޯލްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

އެސްޓީއޯ ޏ.ފުވައްމުލަކު ފިހާރައިން ވިއްކާ އެއަރކޮންޑިޝަން އިންސްޓޯލްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާނަށް (ރެފް ނަންބަރު: ADM/2014/437-ފ60) އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2014 ނޮވެންބަރު 16 ވާ އާދީއްތަ ދުވަހުގެ 09:00 އަށް މިކުންފުނީގެ ޏ.ފުވައްމުލަކު ފިހާރައަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ނޮވެންބަރު 23 ވާ އާދީއްތަ ދުވަހުގެ 09:00 އަށް އަންދާސީހިސާބު، އެފަރާތުގެ ފުރިހަމަ މަޢުލޫމާތާއި ޚިދުމަތްތަކުގެ ތަފުސީލު ޕްރޮފައިލަކާއެކު އެފިހާރައަށް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން: 3344180 ،3344680

ފެކްސް: 3344633

އީމެއިލް: [email protected]

12 މުޙައްރަމް 1436

05 ނޮވެންބަރު 2014
ހޯދާ