މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އެއްގަމު އުޅަނދުގެ ސްޓިކަރ ދޫކުރުމާބެހޭ

އެއްގަމު އުޅަނދުފަހަރުގެ އަހަރީ ފީ ދެއްކުމާ ގުޅިގެން ދޫކުރާ ސްޓިކަރއަކީ މި އޮތޯރިޓީއަށް ފައިސާ ދެއްކުމުން، ނުވަތަ އަތޮޅު/ސިޓީ ކައުންސިލް މެދުވެރިކޮށް މި އޮތޯރިޓީއަށް ފައިސާ ދައްކާ ފަރާތްތަކަށް ދޫކުރާ އެއްޗަކަށްވާތީ، އެއްގަމު އުޅަނދުފަހަރުގެ އަހަރީ ފީ ބަލައިގަނެ މި އޮތޯރިޓީއަށް ނުފޮނުވާ ކައުންސިލް އިދާރާތަކަށް ފައިސާ ދެއްކެވިކަމުގައި ވިޔަސް، އެއާ ގުޅޭ ސްޓިކަރ މި އޮތޯރިޓީން ގަންނަން ނުލިބޭނެ ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، އަތޮޅު/ސިޓީ ކައުންސިލުގެ އިދާރާތަކަށް ފައިސާ ދައްކަވާއިރު، އެ އިިދާރާއިން ވަގުތުން ސްޓިކަރ ލިބޭނެކަން ޔަޤީން ކުރެއްވުމަށްފަހު ފައިސާ ދެއްކެވުމަށާއި، ސްޓިކަރ ލިބެން ނުހުންނަ އިދާރާތަކަށް މި ފައިސާ ނުދައްކަވައި، ސީދާ މި އޮތޯރިޓީއަށް ފައިސާ ދެއްކެވުމަށް ދެންނެވީމެވެ.

11 މުޙައްރަމް 1436

04 ނޮވެންބަރު 2014
ހޯދާ