މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މަސްވެރިކަމާއި ގުޅުންހުރި ތަކެތި ދައްކުވައިދޭ ބާޒާރު

ދިވެހިރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތަކާއި، މަސްވެރިކަން ކުރުމުގައި ބޭނުންކުރާ ތަފާތު އާލާތްތަކާއި މަސްވެރިކަމުގައި ބޭނުންކުރާ އަދި ކުރެވިދާނެ ޒަމާނީ ވަސީލަތްތައް ދައްކުވައިދޭ ބާޒާރު ކޮންމެ އަހަރަކުވެސް މަސްވެރިންގެ ދުވަހާ ގުޅިގެން އިޙުތިފާލުތައް ބާއްވާ ރަށެއްގައި "މަސްވެރިކަމާއި ގުޅުންހުރި ތަކެތި ދައްކުވައިދޭ ބާޒާރު" ގެ ނަމުގައި ދަނީ ބާއްވަމުންނެވެ.

މިގޮތުން 34 ވަނަ މަސްވެރިންގެ ދުވަސް ޅ. ނައިފަރުގައި ފާހަގަކުރާއިރު ބާއްވާ ބާޒާރުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. މިބާޒާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 2014 ޑިސެންބަރު 11 އިން 12 އަށް ޅ. ނައިފަރުގައެވެ. މި ބާޒާރުގައި މަސްވެރިކަމާ ގުޅުންހުރި ތަކެތި މަސްވެރިންނަށް އިޝްތިހާރު ކުރުމާއި ވިޔަފާރި އުޞޫލުން ވިއްކުމަށް ބައިވެރިންނަށް ފުރުޞަތު ލިބިގެންދާނެއެވެ.

ވީމާ، މި ބާޒާރުގައި ބައިވެރިވުމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމަކުން މި މިނިސްޓްރީއަށް އަންގަވައިދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މި މިނިސްޓްރީގެ ނަންބަރު 3339213 އަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

02 ނޮވެންބަރު 2014
ހޯދާ