މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ތުޅާދޫ ހިއްކިބިމުން ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ސަމާލުކަމަށް

މިރަށު ހިއްކި ބިމުން ގޯއްޗަށް އެދި މިއިދާރާއަށް ހުށަހަޅުއްވާފައިވާ ފޯމުތަކާ ގުޅޭގޮތުން "ގޯތިދިނުމުގައި ޕޮއިންޓް ދިނުމަށް ބަލާނެ މިންގަނޑުތައް ބަޔާންކޮށް ހަމަޖައްސާފައިވާ އުސޫލުގެ 15 ވަނަ ނަންބަރު" (ޢާއިލާއާއެކު ރަށުން ބޭރުގައި ދިރިއުޅޭތާވީ މުއްދަތު) ގައިވާ މިންގަނޑަށް ޕޮއިންޓް ދިނުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ހޯދުމަށް، މިއިދާރާގެ ނަންބަރު IUL)321-A/321/2014/69)ފ(24 ސެޕްޓެންބަރު 2014) އިޢުލާނުން ހުށަހެޅުމަށް އަންގަވާފައިވާ ފޯމު އެކަށީގެންވާވަރަށް ހުށަހަޅާފައިނުވާތީ، އެފޯމު ހުށަހެޅުމުގެ މުއްދަތު 16 ނޮވެންބަރު 2014 ވާ އާދީއްތަދުވަހުގެ 15:00 ގެ ނިޔަލަށް އިތުރުކޮށްފީމެވެ.

ވީމާ، ބ.ތުޅާދޫ ހިއްކިބިމުން ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 9 ސެޕްޓެންބަރު 2010 ގެ ކުރިން ޢާއިލާއާއެކު ރަށުން ބޭރުގައި ދިރިއުޅެފައިވާ ފަރާތްތަކުން އެކަން ބަޔާންކޮށް، "ބ.ތުޅާދޫން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޢާއިލާއާއެކު ރަށުން ބޭރުގައި ދިރިއުޅުއްވާ ފަރާތްތަކުގެ މަޢުލޫމާތު ފޯމު" ފުރިހަމަކުރެއްވުމަށްފަހު 16 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމު މިކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބ.އަތޮޅު ކައުންސިލުގެ އިދާރާގެ ވެބްސައިޓް www.baa.gov.mv އިން ޑައުންލޯޑު ކުރެއްވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6600006 އިން، ނުވަތަ މިއިދާރާގެ އިންފޮމޭޝަން އޮފިސަރ ޙުސައިން އިދުރީސް 7833174 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

އަދި ދަންނަވަމެވެ. މިމުއްދަތުގެ ތެރޭގައި މިފޯމު ފުރިހަމަކުރެއްވުމަށްފަހު މިކައުންސިލަށް ހުށަނާޅާ ފަރާތްތަކަށް މާކްސް ދިނުމުގައި "ޢާއިލާއާއެކު ރަށުން ބޭރުގައި ދިރިއުޅޭތާވީ މުއްދަތު" މިބައިން 8 ޕޮއިންޓް އުނިކުރެވޭނެވާހަކަ ދަންނަވަމެވެ. އަދި އެމުއްދަތުގެ ފަހުން ފަހުން ފޯމު ހުށަހެޅުމަށް އިތުރު ފުރުޞަތެއް ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

05 މުޙައްރަމް 1436

29 އޮކްޓޫބަރު 2014
ހޯދާ