އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރަން ބޭއްވި އިންތިޚާބުގެ ދާއިމީ ނަތީޖާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) ގެ ދަށުން އެކުލަވާލާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރަން ބޭއްވި އިންތިޚާބުގެ ދާއިމީ ނަތީޖާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) އާއި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، އެބައިމީހުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމަށް 2014 އޮކްޓޫބަރު 30 ވީ ބުރާސްފަތި ދުވަހު ބޭއްވި އިންތިޚާބުގެ ދާއިމީ ނަތީޖާ ތިރީގައި މިދަންނަވަނީއެވެ.

ކެންޑިޑޭޓް ނަންބަރު

ކެންޑިޑޭޓުން

ލިބުނު ވޯޓު

1

ރުޝްދުﷲ އިބްރާޙީހީމް/ ޖަވާހިރުމާގެ، ބ. މާޅޮސް

10

2

އަނަސް ޢަބްދުއްސައްތާރު/ މ.ބަޑިކުޅިމާގެ، މާލެ

19

3

ލަޠީފާ ޤާސިމް/ ފިނިވާގެ، އއ.މަތިވެރި

238

4

މުޙައްމަދު ފައިޞަލް/ ސިތާރާވާދީ، މ.މުލައް

63

5

ޙުސައިން ޝަމީމު/ ހ.ހިޔާކަން، މާލެ

163

 

ވޯޓުގެ ތަފުސީލު

ވޯޓުގެ ޢަދަދު

ބާޠިލު ވޯޓު

10

ޖުމްލަ ވޯޓު

493

ވޯޓުދިން މީހުންގެ އަދަދު

503

ވޯޓުދިން މީހުންގެ ޕަސެންޓޭޖް

63%

ވީމާ، މިނަތީޖާގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަންކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ މެންބަރުކަމަށް، އަލްއުސްތާޛާ ލަޠީފާ ޤާސިމް، އއ.މަތިވެރި، ފިނިވާގެ، ޤާނޫނީ ހަމަތަކުގެ މަތިން ހޮވިއްޖެކަން ޢާންމުކޮށް އެންގުމަށް އިޢުލާން ކުރަމެވެ.

06 މުޙައްރަމް 1436

30 އޮކްޓޫބަރު 2014
ހޯދާ