ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުސަތު

މަޤާމު:

މަސައްކަތު

ރޭންކް: އެސް.އެސް 1

ޢަދަދު

ް1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ކްރިމިނަލް ކޯޓު

އަސާސީ މުސާރަ

-/3100 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް:

ސަރވިސް އެލަވަންސް -/1000 ރުފިޔާއާއި، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40 އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

1- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.

2- އުމުރުން 55 އަހަރު ފުރިފައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1- ކޯޓު ފޮޅާ ސާފުކޮށް، މޮޕްކޮށް ބެލެހެއްޓުން.

2- ކޯޓުގެ ފާޚާނާތައް ދޮވެ ސާފުކުރުމާއި، ސައިކޮޓަރިފަދަ ތަންތަން ސާފުކުރުން.

3- ކޯޓުން އުކާލަންޖެހޭ ކުނިއުކުން.

4- ކޯޓުން އެކި ފަރާތްތަކަށް ރައްދުކުރަންޖެހޭ ތަކެތި ރައްދުކުރަން ޖެހިއްޖެ ޙާލަތެއްގައި ރައްދުކުރުމުގެ މަސައްކްތްކުރުން.

5- އެކިއެކި ބައްދަލުވުންތަކަށް ތައްޔާރުކުރަންޖެހޭ ސަޔާއި، ރިފްރެޝްމެންޓް ތައްޔާރުކުރުން.

6- އިދާރީގޮތުން ކޯޓުން ކުރާ މަސައްކަތްތަކުގައި އެހީތެރިވުން.

7- ކޯޓުން އަންގާ ރަސްމީ އެންމެހައި މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއި، ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއި، އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ.
  5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މިބަޔަށް މާކްސް ދިނުމުގައި ގުނޭނީ، ސަރުކާރުގެ މުއައްސަސާތަކުގައި ވަޒީފާ އަދާކޮށްފައިވާނަމައެވެ. މި ލިޔުމުގައި، އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގައި ވީދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.)

ސުންގަޑި:

2014 ނޮވެންބަރު 6 ވަނަ ދުވަހުގެ 14:00

އިތުރު މަޢުލޫމާތު:

މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ، ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް: www.criminalcourt.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ.

މި ކޯޓުގެ ނަންބަރު: (03.08.2014) 145-A/2014/60 އިޢުލާނާ ގުޅިގެން ވަޒީފާއަށް އެކަށީގެންވާ މީހުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށްފީމެވެ.

 3 މުޙައްރަމް 1436

27 އޮކްޓޫބަރު 2014
ހޯދާ