ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ސެޓުފިކެޓު ދޫކުރުން

2014 ވަނަ އަހަރުގެ މޭ/ޖޫން މަހުގައި ބޭއްވުނު އެޑެކްސެލް އޭލެވެލާއި އެޗްއެސްސީ އިމްތިޙާނުގެ ސެޓުފިކެޓު ދޫކުރުން:

2014 ވަނަ އަހަރުގެ މޭ/ޖޫން މަހުގައި ބޭއްވުނު އެޑެކްސެލް އޭލެވެލާއި އެޗްއެސްސީ އިމްތިޙާނުގެ ސެޓުފިކެޓު 2014 ނޮވެންބަރު 04 ވަނަ ދުވަހުން ފެށިގެން 2014 ނޮވެންބަރު 19 ގެ ނިޔަލަށް މިޑިޕާޓްމަންޓުން ދޫކުރާނެއެވެ. ސެޓުފިކެޓު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 ން 14:30އަށެވެ. ސެންޓަރުތަކުން ދޫކުރައްވާ ދުވަހެއް ކަނޑައަޅުއްވާނީ އެސެންޓަރަކުންނެވެ.

މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސެޓުފިކެޓު ނަންގަވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ.ކާޑާ ހަވާލުވެވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑު ގެންނެވުން އެދެމެވެ. ސެންޓަރުތަކުގެ ސެޓުފިކެޓުތައް ނަންގަވަން ވަޑައިގަންނަވާ ބޭފުޅެއްނަމަ، ސެންޓަރުގެ ލިޔުމަކާއި އެބޭފުޅެއްގެ އައި.ޑީ ކާޑު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

5 މުޙައްރަމް 1436   

29 އޮކްޓޫބަރު 2014
ހޯދާ