ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުސަތު

ނަންބަރު: MNU-HR/2014/637

ތާރީޚު: 30 އޮކްޓޫބަރު 2014

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

2

މުސާރަ:

މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ

އޮފީސް:

އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

ޔުނިވަރސިޓީ އެލަވަންސް:

މަހަކު -/820 ރުފިޔާ

ކްލެސިފޭކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް:

އެސް.އެސް 1

މަޤާމުގެ ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އިމާރާތުގެ ގޯތިތެރެއާއި، ކިޔަވައިދިނުމަށް ބޭނުންކުރާ ތަންތަނާއި، މަސައްކަތްކުރާ ޖަގަހަތައް ފަދަ އިމާރާތުގައި ހިމެނޭ އެންމެހައި ތަންތަނާއި، އިމާރާތުގައި ހަރުކޮށްފައިވާ ފަންކާއައި، ބިއްލޫރިއާއި ފަރުނީޗަރުފަދަ ތަކެތި އަބަދުވެސް ހިރަފުސް ފޮޅައި ޞިއްޙީގޮތުން އެކަށީގެންވާ މިންވަރަށް ސާފުކުރުން.
  • ހަވާލުކުރެވިފައިވާ އޮފީސް ކޮޓަރިތައް ސާފުކޮށް، ވަށިގަނޑުތަކުގައި ހުންނަ ކުނި އުކައިލުން.
  • ފާޚާނާތައް ސާފުކޮށް ދޮވުން.
  • ސާފުކޮށް ބަލަހައްޓަން ހަވާލުކޮށްފައިވާ ތަންތަން ހަފުތާއަކު ތިންފަހަރު މޮޕްލައިގެން ސާފުކުރުން.
  • ސާފުކޮށް ބަލަހައްޓަން ހަވާލުކޮށްފައިވާ ތަނެއްގައި ހަލާކުވެ ބޭނުންނުކުރެވޭ ފަދަ ގޮތަކަށް ހުރި ކަމެއް ނުވަތަ އެއްޗެއް ފެނިއްޖެނަމަ،  ކަމާބެހޭ މުވައްޒަފެއްގެ ސަމާލުކަމަށް އެކަމެއް ގެނައުން.
  • ސައިކޮޓަރީގެ ތެރެއާއި މޭޒާއި ގޮނޑި ސިންކު ކަބަޑުފަދަ ތަންތަން ރީތިކޮށް ސާފުކުރުން.
  • ފާޚާނާތަކުގައި ހުންނަންޖެހޭ ކަރުދާހާއި ސައިބޯނިފަދަތަކެތި ހަމަޔަށް ހުރޭތޯ ކަށަވަރުކޮށް، ނެތް އެއްޗެއްނަމަ ހަމަކުރުން.
  • ޢާންމުކޮށް މީހުން ނުވަންނަ ތަންތަން ހަފުތާއަކު އެއްފަހަރު ސާފުކުރުން.
  • ކްލާސްތަކާއި، އިމްތިޙާންތަކާއި، ސެމިނާރުފަދަ ކަންކަން ހިންގުމަށް ބޭނުންވާ ތަންތަން ތައްޔާރުކުރުން.
  • އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އެއްބާރުލުމާއެކު މަސައްކަތްކުރުން.
  •  މަޤާމާ ގުޅޭގޮތުން ފެކަލްޓީން ހަވާލުކުރާ މިނޫން ކަންތައްތައްވެސް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން، އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިޔުކުރެވޭނީ އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.
  • މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ މީލާދީގޮތުން އުމުރުން 50 އަހަރު ފުރިފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2014 ނޮވެންބަރު 6 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345409 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މި މުއްދަތުގެތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
30 އޮކްޓޫބަރު 2014
ހޯދާ