ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ރ. އަލިފުށި ކޭބަލް ވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ރ. އަލިފުށި ބްރާންޗުގެ ކަރަންޓް ނެޓުވާރކް އަޕްގްރޭޑް ކުރުމަށް އަޅަންޖެހޭ ކޭބަލް ވަޅުލުމުގެ މަސައްކަތްކުރުމަށް ކޯރު ކޮނެދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން 06 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ރ. ހުޅުދުއްފާރު ބްރާންޗް (ރ. އަތޮޅު ރީޖަނަލް އޮފީސް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 11:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މިކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ރ. ހުޅުދުއްފާރު ބްރާންޗް (ރ. އަތޮޅު ރީޖަނަލް އޮފީސް) އަށެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަގު ހުށަހަޅުއްވަން އޮންނަ ގަޑީގައި މާލެ ހެޑްއޮފީހާއި ރ.ހުޅުދުއްފާރު ބްރާންޗަށް އަގު ހުށަހަޅުއްވާ ފަރާތްތަކުގެ މަޢުލޫމާތާއި އަގު، އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަޑައިގަންނަވާ ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.

 06 މުޙައްރަމް 1436

30 އޮކްޓޫބަރު 2014
ހޯދާ