މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ލައިބްރޭރިއަން

މިޕޮލިޓެކްނިކަށް މިދަންނަވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެ.

ރޭންކް: އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގރ. 2

މަޤާމުގެ ނަން: ލައިބްރޭރިއަން

ބޭނުންވާ އަދަދު:1

ސެކްޝަން: އެޑްމިން      

ދާއިރާ: މޯލްޑިވްސް ޕޮލިޓެކްނިކްގެލައިބްރަރީއަށް

ގިންތި: ދާއިމީ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

މުސާރަ: -/6295 ރުފިޔާ

މަސައްކަތް ކުރަންޖެހޭ އޮފީސް: މޯލްޑިވްސް ޕޮލިޓެކްނިކް / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް : މޯލްޑިވްސް ޕޮލިޓެކްނިކްގެ ލައިބްރަރީ ލެބެހެއްޓުން.

1- ލެކްޗަރަރ އިންނާއި ދަރިވަރުންނަށް ބޭނުންވާ މަޢުލޫމާތު (ނަސްލެއް ކުލައެއް އެއްވެސް ތަފާތެއްނެތި ކުޅެދޭމީހުންނާއި ނުކުޅެދޭ މީހުން ޝާމިލްވާ ގޮތަށް) ހޯދައިދިނުމަށް މަގުފަހިކޮށްދީ އެހީތެރިވުން.

2- ހަރުތަކުގައި ހުންނަ ފޮތް، މަޖައްލާ ފަދަ ތަކެތީގެ ކޯލްނަންބަރާ އެއްގޮތަށް ތަރުތީބުކޮށް ބެލެހެއްޓުން. އަދި ހަވާލުވެފައި ހުންނަ ތަކެތި ހަވާލު ކުރަންޖެހޭ ފަރާތަށް ހަވާލުކުރުން.

3- ލެކްޗަރަރ އިންނާއި ދަރިވަރުންނަށް ފޮޓޯކޮޕީގެ ޚިދުމަތްދީ ފައިސާ ބަލައިގަތުން.

4- ލެކްޗަރަރ އިންނާއި ދަރިވަރުންގެ ފަރާތުން ދިމާވާ މައްސަލަތައް ހައްލު ކުރުމަގައި އެހީތެރިވުން. އަދި ދިމާވާ މައްސަލަތައް ޑިރެކްޓަރަށް ރިޕޯޓު ކުރުން.

5- ލެކްޗަރަރ އިންނާއި ދަރިވަރުން ބޭނުންވެގެން އެދޭ ފޮތްތަކުގެ ތެރެއިން ލައިބްރަރީގެ ކަލެކްޝަންގައި ނުހުންނަ ތަކެއްޗާއި އަދި ލެކްޗަރަރ އިންނާއި ދަރިވަރުން ހުށަހަޅާ ހިޔާލު ނޯޓުކޮށް ޑިރެކްޓަރަށް ރިޕޯޓުކުރުން.

6- މި ޕޮލިޓެކްނިކުން ހިންގާ ތަފާތު ސާރވޭތައް ކުރުމަށް ހަވާލުކުރެވޭ މަސައްކަތް ކުރުން.

7- ލައިބްރަރީގެ ސްޓޮކަށް އިތުރުވަމުންދާ ފޮތްތަކާއި އަދި ޚާއްސަ ދުވަސްތަކާ ގުޅޭގޮތުން ޑިސްޕްލޭ ކުރުން.    

8- ސާރކިއުލޭޝަން ކައުންޓަރުގެ މަސައްކަތް (މެނުއަލްކޮށް/ސޮފްޓްވެއަރ ބޭނުންކޮށްގެން ފޮތަބަލައިގަނެ ދޫކުރުން، ރިޒާވް ކުރުން) ކުރުން

9- ދުވަހުން ދުވަހަށް ތަފާސް ހިސާބުތައް ރިކޯޑު ކުރުން.

10- ދުވަހުން ދުވަހަށް ކުތުބުޚާނާއަށް ލިބޭ ފައިސާ ބަލައިގަނެ ރަސީދު ހެދުން.

11- އެދުވަހަކު ބަލައިގަންނަ ފައިސާ، ޑިއުޓީ ނިމުމުގެ ކުރިން ފައިސާއާ ބެހޭ ސެކްޝަންގެ ކަމާބެހޭ މުވައްޒަފުންނާ ޙަވާލުކޮށް ސޮއި ކުރުވުން.

12- މެމްބަރޝިޕް ކާޑުތައް ހަދައި ގަވާއިދުން ދޫކުރުން.

13- ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެމަސައްކަތުގެދާއިރާއެއްގައި ނުވަތަ 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
  4. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެން މަތީ ސަނަދެއް ހާސިލުކޮށްފައިވުން

ޝަރުޠު:

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑި އާއި އެހެނިހެން ފައިސާ ދެވޭނެއެވެ.

އިނާޔަތްތައް:

  1. މަޤާމުގައި ކުރަންޖެހޭ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
  2. ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

ވަޒިފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަކުރުމަށްފަހު ހުށަހެޅުން.
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް ތައްގަނޑު ޖަހާފައިވާ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެއްވެސް އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އިންޓަވިއު ކުރުމާއި އަދި ޕްރެކްޓިކަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 12 އިން 27 ނޮވެންބަރު 2014 އަށް މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.
  • އަދި އިންޓަވިއު ކުރުމަށާއި އަދި ޕްރެކްޓިކަލް ހުށަހެޅުމަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް ކަމުގައި ދެންނެވީމެވެ.
  • މި މަޤާމުގެ އިންޓަވިއު އަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު އަދި ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ އަސްލު ކޮޕީ ގެންނަވަންވާނެއެވެ.

އިންޓަވިއު ކުރުން:

ވީމާ، މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 10 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މި ޕޮލިޓެކްނިކްއަށް ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ފޯން ނަންބަރު 3305401، 3305405 އަށް ގުޅުއްވުން އެދެމެވެ.

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިޕޮލިޓެކްނިކުގެ ވެބްސައިޓް www.polytechnic.edu.mv އިން ޑައުންލޯޑު ކުރެއްވޭނެ އެވެ.

         04 މުޙައްރަމް 1436

28 އޮކްޓޫބަރު 2014
ހޯދާ