މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މިޕޮލިޓެކްނިކަށް މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ އެވެ.

ރޭންކް: ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގރ. 1 / އެސިސްޓެންޓް 

ޓެކްނިކަލް އޮފިސަރ ގރ. 1

މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:1

ސެކްޝަން: އެކަޑަމިކް ސެކްޝަން

ދާއިރާ: އޮފީސް އެޑްމިނިސްޓްރޭޝަން

ގިންތި: ދާއިމީ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

މުސާރަ: -/4465 ރުފިޔާ

މަސައްކަތް ކުރަންޖެހޭ އޮފީސް:  މޯލްޑިވްސް ޕޮލިޓެކްނިކް / މާލެ

މައިގަނޑު މަސްއޫލިއްޔަތުތައް: މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގާ ކޯސްތަކުގެ އިދާރީ މަސައްކަތްތައް ކުރުމާއި، ކިޔަވައިދެއްވާ މުދައްރިސުންނަށް އިދާރީ ގޮތުން ދޭންޖެހޭ އެހީތެރިކަން ދިނުމާއި، މަރުކަޒީ އިދާރާއަށް ކޯސްތައް ހިންގުމުގައާއި އެކިއެކި ގޮތްގޮތުން މިޕޮލިޓެކްނިކުން ފޯރުކޮށްދޭންޖެހޭ ކަންކަމުގައި މަސައްކަތައް ކުރުން. އޭގެ ތެރޭގައި:

  1. އެކިއެކި ކަންކަމުގައި އޮފީހަށް ޚިދުމަތް ހޯދުމަށް އަންނަ ދަރިވަރުންނާއި އަދި އެހެނިހެން މީހުންނަށް އަވަސް ޚިދުމަތެއް ދިނުން.
  2. އެކި މާއްދާތަކުގެ ފިލާވަޅު، ޓެސްޓް ޕޭޕަރ ފޮޓޯކޮޕީ ނެގުން.
  3. އިންޑަސްޓްރިއަލް ޓްރެއިނިންގ އަށް ބޭނުންވާ އެންމެހާ ކަންތައްތައް ކުރުމާއި ދަރިވަރުންނާ ބެހޭ ސިޓީތަކަށް ޖަވާބުދިނުން.
  4. ދަރިވަރުންގެ އެޓެންޑެންސް ޝީޓުތައް ތައްޔާރުކުރުމާއި ދަރިވަރުންގެ ރިޒަލްޓްސްތައް އަޕްޑޭޓުކޮށް ޓްރާންސްކްރިޕްޓް ތައްޔާރުކުރުން.
  5. ޕޮލިޓެކްނިކްގައި ކިޔަވާ ދަރިވަރުންގެ ނޯޓިސްބޯޑުތަކަށް އަރުވަންޖެހޭ އެއްޗެހި އަރުވައި އަޕްޑޭޓުކުރުމާއި ރާއްޖެތެރޭ ސެންޓަރުތަކުގެ ނޯޓިސްބޯޑަށް އަރުވަންޖެހޭ އެއްޗިހި އެ ސެންޓަރުތަކަށް ފޮނުވުން.
  6. ދަރިވަރުންގެ އެންރޯލްމަންޓާ ބެހޭ އެންމެހާ މަސައްކަތް ކުރުން.
  7. އެޑްވާންސްޑް ސްޓޭންޑިންގ ފޯމު އަދި ކްލިއަރެންސް ފޯމުތައް ބަލައިގަނެ ފުރިހަމަކުރުން.
  8. ދަރިވަރުންގެ ޓައިމްޓޭބަލް ތައްޔާރުކޮށް އަޕްޑޭޓްކުރުމާއި ދިގުމުއްދަތު އަދި ކުރުމުއްދަތުގެ ސެޓުފިކެޓުތައް ތައްޔާރުކުރުން.
  9. ޕާރޓްޓައިމް ލެކްޗަރަރއިންގެ އެޓެންޑެންސް ޝީޓް ތައްޔާރުކޮށް ބެލެހެއްޓުން.
  10. އޮފީސް ޑިއުޓީ އަދާކުރުން.
  1. އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓުގެ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ޝަރުޠު:

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  2. ސިވިލް ސަރވިސްގެ ޤަވައިދުގައިވާ ގޮތުގެ މަތިން ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ.

އިނާޔަތްތައް:

  1. ގިނަވަގުތު މަސައްކަތްކުރެވޭ ފަރާތަކަށްވުން.
  2. މަޤާމުގައި ކުރަންޖެހޭ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.

ވަޒިފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަކުރުމަށްފަހު ހުށަހެޅުން.
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް ތައްގަނޑު ޖަހާފައިވާ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެއްވެސް އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އިންޓަވިއު ކުރުމާއި އަދި ޕްރެކްޓިކަލް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 12 އިން 27 ނޮވެންބަރު 2014 އަށް މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.
  • އަދި އިންޓަވިއު ކުރުމަށާއި އަދި ޕްރެކްޓިކަލް ހުށަހެޅުމަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ  ފަރާތްތައް ކަމުގައި ދެންނެވީމެވެ.
  • މި މަޤާމުގެ އިންޓަވިއު އަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު އަދި ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކޮށްފައިވާ އަސްލު ކޮޕީ ގެންނަވަންވާނެއެވެ.

އިންޓަވިއު ކުރުން

           

            ވީމާ، މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 10 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މިޕޮލިޓެކްނިކަށް ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް  ފޯނު ނަންބަރު 3305401، 3305405 އަށް ގުޅުއްވުން އެދެމެވެ.

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިޕޮލިޓެކްނިކުގެ ވެބްސައިޓް www.polytechnic.edu.mv އިން ޑައުންލޯޑު ކުރެއްވޭނެ އެވެ.

 

             04 މުޙައްރަމް 1436

28 އޮކްޓޫބަރު 2014
ހޯދާ