ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަލަށް ޢިމާރާތްކުރާ ކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއަތޮޅު ފީއަލީގައި އަލަށް ޢިމާރާތްކުރާ ކޯޓް ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ކޮށްފައިވާ މިކޯޓުގެ ނަންބަރު: L6MC-D/2014/11ފ(17 ޖުލައި 2014) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވަނީ ޞައްޙަ އެންމެ އަންދާސީހިސާބެއް ކަމަށްވާތީ އެއިޢުލާން ބާޠިލުކޮށް، އެމަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2014 ނޮވެންބަރު 05 ވާ ބުދަ ދުވަހުގެ 11:00 އަށް ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ފ. ފީއަލި މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2014 ނޮވެންބަރު 10 ވާ ހޯމަ ދުވަހުގެ 11:00 އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

03 މުޙައްރަމް 1436

27 އޮކްޓޫބަރު 2014
ހޯދާ