ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
700 މީހުންނަށް ރިފްރެޝްމެންޓް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

މި ސެންޓަރުގެ 2014 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާއަށް 700 މީހުންނަށް ރިފްރެޝްމެންޓް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު IUL)CHSE-SMT/1/2014/31)ފ(16 އޮކްޓޫބަރު 2014) ގައި މަޢުލޫމާތު ސާފުކުރުމަށްފަހު ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ 3 ފަރާތް ނެތުމުގެ ސަބަބުން އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް:

  • ކޯޓޭޝަނުގައި ޖީ.އެސް.ޓީ ވަކިން އެނގޭގޮތަށް މުޅިޖުމްލަ އަގު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
  • އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
  • އަންދާސީހިސާބު ހުށަހަޅަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ނުވަތަ ކޮންމެ ކޮމްޕެނީއަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެެ.
  • ހުށަހަޅާ ފަރާތުގެ މަޢުލޫމާތު: ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތާ ގުޅިގެން ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު ހިމަނަންވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • މީގެކުރިން ކުރެއްވި މިބާވަތުގެ މަސައްކަތުގެ ލިޔުމެއް
  • ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް ހުށަހެޅުން
  • އަމިއްލަ ފަރާތެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ސެޓުފިކެޓު އޮފް ރަޖިސްޓްރޭޝަނުގެ ކޮޕީ
  • އިތުރު ސަޕޯޓިންގ ލިޔުމެއްވާނަމަ ހުށަހެޅުން

ޕޮއިންޓް ދެވޭގޮތް:

  • އަގަށް: %85
  • ތަޖުރިބާ:

ތަޖުރިބާއަށް ބަލައި ޕޮއިންޓް ދެވޭނެ މިންގަނޑު:          

މަސައްކަތުގެ އަދަދު

ޕޮއިންޓް

1 - 5

05

6 - 10

10

11 ނުވަތަ އެއަށްވުރެ މަތި

15

 

 

 

 

ނޯޓް: މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނަށް ލިބިގެންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދި ވަޑައިގަންނަވާ ފަރާތްތަކުން 04 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 10:30 އަށް ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުން އެދެމެވެ. އަދި ކޯޓޭޝަން ހުޅުވުމަށްހަމަޖެހިފައިވަނީ 09 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 10:30 އަށް ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިގަޑިއަށްފަހު ލިބޭ ހުރިހާ ކޯޓޭޝަންތައް ބާޠިލުވާނެއެވެ.

06  މުޙައްރަމް 1436

30 އޮކްޓޫބަރު 2014
ހޯދާ