މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

ވަޒީފާގެ ފުރުސަތު

މަޤާމް: އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު: 1             

ރޭންކް: އެމް. އެސް 1

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

މުސާރަ: -/5610 ރުފިޔާ

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ވަޒީފާއޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ގިންތި: ދާއިމީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން: ޕޭމަންޓް އެންޑް ރެވެނިއު ސެކްޝަން، ފައިނޭންސް ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ                    

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސެކްޝަނަށް ލިބޭ ލިޔުންތައް ބަލައިގަތުމާއި، ކަމާބެހޭ މުވައްޒަފުންނަށް އެ ލިޔުންތައް ދުވަހުން ދުވަހަށް ހަވާލުކުރުމުގެ މަސައްކަތް ކުރުން.
  2. ސެކުޝަންގެ މުވައްޒަފުންނަށް ހަވާލުކުރެވިފައިވާ މަސައްކަތްތައް ބަރާބަރަށް ކުރަމުންދޭތޯއާއި، އޮފީހުގެ ތެރޭގައި މުވައްޒަފުންގެ އަޚުލާޤީ މިންގަޑު ވަޒަންކުރުމާއި، މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް ލިޔުމުން އެންގުމުގެ މަސައްކަތް ކުރުން.
  3. މުވައްޒަފުންނާ ގުޅޭގޮތުން އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  4. ސެކުޝަނުގެ މުވައްޒަފުންނަށް މަސައްކަތުގެ ހުނަރާއި ޤާބިލުކަން ހޯދުމަށް ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ބަލައި، ސެކްޝަނުގެ ވެރިޔާގެ މަޝްވަރާގެމަތީން  ޓްރޭނިންގ ދިނުމަށްޓަކާ ހިޔުމަން ރިސޯސަސް ސެކްޝަނަށް ހުށަހެޅުން.
  5. ސެކުޝަންގެ މުވައްޒަފުންގެ އިތުރުގަޑީގެ ހާޒިރީ ބެލެހެއްޓުމާއި، ރިޕޯޓް ތައްޔާރުކުރުކޮށް އެ ރިޕޯޓް ހިޔުމަންރިސޯސް ސެކްޝަނަށް ހުށަހެޅުމުގެ މަސައްކަތް ކުރުން.
  6. ސެކްޝަނުގެ ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުމާއި، ޔައުމިއްޔާ ލިޔުމާއި، އެޑްމިނިސްޓްރޭޝަން ސެކްޝަނަށް ހުށަހެޅުމުގެ މަސައްކަތް ކުރުން.
  7. ސެކްޝަނުގެ ގުދަންކުރަންޖެހޭ ލިޔުންތައް ރަނގަޅަށް ބެލެހެއްޓުމާއި، އެ ލިޔުންތަކާބެހޭ ރެކޯޑް ތައްޔާރުކުރުމުގެ މަސައްކަތް ކުރުވުމާއި، އެލިޔުންތައް ރައްކާކުރެވޭ ގުދަނުގެ ހުރިހާ ކަމެއް ކުރުން.
  8. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ދެންނެވުންތަކުގައިވާ މުހިންމު މަޢުލޫމާތާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ސާރކިޔުލަރތަކާއި، މުދަލާއި ފައިސާއާ ބެހޭގޮތުން ހެދިފައިވާ ޤަވާޢިދުތަކާއި، މިނިސްޓްރީން ތައްޔާރުކުރާ މުހިންމު މަޢުލޫމާތުތައް މުވައްޒަފުންނަށް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރުން.
  9. އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް، ނިމޭއަހަރުގެ މަޢުލޫމާތު ހިނގާއަހަރުގެ ޖެނުއަރީ 5 ގެ ކުރީން ފޮނުވުމުގެ މަސައްކަތް ކުރުން.
  10. މިނިސްޓްރީގެ މުދަލާއި ފައިސާގެ ހިސާބުތައް އޯޑިޓްކުރަންޖެހޭ ފަރާތްތަކުން އޯޑިޓްކުރުމުގައި އެހީތެރިވެދިނުން.

ޝަރުޠު:                                                

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

އިންޓަވިއުކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2014 ނޮވެންބަރުމަހުގެ 6 އާއި 16 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބޭނެއެވެ. އަދި މި މިނިސްޓްރިގެ ވެބްސައިޓް  www.moe.gov.mvން ޑައުންލޯޑް ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ) މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން/ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2014 ނޮވެންބަރު 5 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުން އެދެމެވެ. 

 

23 އޮކްޓޫބަރު 2014
ހޯދާ