މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ ޓްރެއިނީ

މަޤާމު :

އޮފިސަރ ޓްރެއިނީ

ބޭނުންވާ އަދަދު :

01

މުސާރަ :

  1. 4401.00 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ އެއްރުފިޔާ)
  2. އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސަރވިސް އެލަވަންސް :

  1. 1890.00 ރުފިޔާ (އެއްހާސް އަށްސަތޭކ ނުވަދިހަ ރުފިޔާ)

 

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މަޤާމުގެ ޝަރުޠު :

  • ޖީ.ސީ.އީ އޯލެވެލް ނުވަތަ އޭލެވެލްގެ މަސައްކަތާ ގުޅޭ މާއްދާއަކުން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު އިނގިރޭސި އާއި ދިވެހިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއި ކުރެވޭ އިންޓަވިއު އިން ފާސްވުން ނުވަތަ؛
  • ޖީ.ސީ.އީ އޯލެވެލްގެ މަސައްކަތާ ގުޅޭ މާއްދާއަކުން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު އިނގިރޭސިއާ ދިވެހިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއި ކުރެވޭ އިންޓަވިއުއިން ފާސްވުން ނުވަތަ؛
  • ޖީ.ސީ.އީ އޯލެވެލްގެ ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވާކަން ސާބިތުކޮށްދިނުމާއެކު ކުރެވޭ އިންޓަވިއު އިން ފާސްވުން.
  • ކަންކަމުގައި އަމިއްލަ އަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުންކުރަން އެނގުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން
  • ވޭތުވެދިޔަ 05 އަހަރު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން

ކުންފުނީގެ މަސައްކަތް ކުރަންޖެހޭ ރަސްމީ ގަޑި:

  • ހެނދުނު 08:00 އިން ފެށިގެން ހަވީރު 16:00 އަށް (އާދިއްތަ – ބުރާސްފަތި)

ހުށަހަޅަންޖެހޭ ލިޔުންތައް :

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (ސިޓީގައި އިޢުލާން ނަންބަރާ އެކު)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެޓެސްޓް ކޮށްފައި)
  • ވަޒިފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓު

ސުންގަޑި :

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 04 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ގުޅޭނެ ފޯން ނަންބަރެއް ޖައްސަވާ ޕޯސްޓް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު :

މި މަޤާމުތަކަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތަށް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލު ކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009151

ފެކްސް: 3321559

26 އޮކްޓޫބަރު 2014
ހޯދާ